މަސައްކަތް
ނަންބަރު: (IUL)ADAH-AH/INDIV/2020/17
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 12 އޮގަސްޓް 2020 13:30
އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ްއދ. މަންދޫ ޞިއްޙީމަރުކަޒުގެ ސާމްޕަލް ކެރިއަރ ހިފައިގެން ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އދ. މަންދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. އަތޮޅު ހޮސްޕިޓަލުގެ ލެބޯޓްރީއަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރި (ނަމްބަރު:(IUL)ADAH-AH/INDIV/2020/11) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅަފައި ނުވާތީ މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މިއަދުން ފެށިގެން 12 އޮގަސްޓް 2020 ވާ ބުދަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އާއި ދޭތެރޭ އދ. މަންދޫ ޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ އދ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 12 އޮގަސްޓް 2020 ވާ ބުދަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަނެއް އދ. މަންދޫ ޞިއްޙީމަރުކަޒާއި އދ. އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ. 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ. މަންދޫ ޞިއްޙީމަރުކަޒު ނުވަތަ އދ.އަތޮޅު ހޮސްޕިޓަލް ގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 އޮގަސްޓް 2020 ވާ ބުދަ ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

23 ޖުލައި 2020