ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)32-A4-CP/1/2020/21
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 22 ޖަނަވަރީ 2021 00:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ވިއްކުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ވިއްކުން

 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އަށް ބައެއް އިޞްލާޙުގެނެވިފައިވާތީ، އިޞްލާޙުތަކާއިއެކު 01 އޮގަސްޓް 2020 އިން ފެށިގެން ވިއްކުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

 

މި ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ -/80ރ (އައްޑިހަ ރުފިޔާ) އަށެވެ. މި ފޮތް ގަންނަން ލިބިވަޑައިގަންނަވާނީ ކޮންމެ ރަސްމީދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް އެޓަރނީޖެނެރަލްގެ އޮފީސް، ހ. ވެލާނާގެ 6 ވަނަ ފަންގިފިލާ، އަމީރުއަޙްމަދުމަގު އިންނެވެ.

 

މީގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހައި ޤާނޫނުތަކާއި، ގަވާއިދުތަކުގެ ކޮޕީ މިއޮފީހުން ބަލަހައްޓަމުންގެންދާ ވެބްސައިޓް www.mvlaw.gov.mv އިން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ. ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

 

01 ޛުލްޙިއްޖާ 1441

22 ޖުލައި 2020