މަސައްކަތް
ނަންބަރު: 116-F3/IL/2020/91
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 06 އޮގަސްޓް 2020 11:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްއަށް ބަހުގެ ޙިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެމް.އޭ.ސީ.އެލްއަށް ބަހުގެ ޙިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

   މި ކުންފުނީގެ (އެމް.އޭ.ސީ.އެލްގެ) މުވައްޒަފުން މާލެ/ހުޅުމާލެއިން ހުޅުލެއަށް ގެނެސް އަދި އަނބުރާ ގެންދިއުމަށްޓަކައި، މިކުންފުނިންދޭ ތާވަލާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި ބަހުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއެވެ. އެގޮތުން ކުރިން ކުރެވިފައިވާ ނަންބަރު: a   116-F3/IL/2020/91  ވަނީ ބާތިލް ކުރެވިފައެވެ.

   މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 އޮގަސްޓު 06 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

  ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 އޮގަސްޓު 19 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 އޮގަސްޓު 19 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

   ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

 

22 ޖުލައި 2020