ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)426-AA/426/2020/221
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 13 އޮގަސްޓް 2020 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ޑިޖިޓަލް ކޮންފަރެންސް ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ޑިޖިޓަލް ކޮންފަރެންސް ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ސިސްޓަމް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 19 ޖުލައި 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 05 އޮގަސްޓް 2020 ވާ ބުދަ ދުވަހާއި ހަމަޔަށް ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، މި އިދާރާގެ ފައިނޭންސް ސެކްޝަނުގެ މެއިލްއަށް ([email protected])  ބިޑް ގަތުމަށް (ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް)) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 13 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލްގެ އިދާރާގައެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 20 ޖުލައި 2020 ވާ ހޯމަ ދުވަހުން ފެށިގެން 09 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 09 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]  

ކޮޕީ :  [email protected]

25 ޛުލްޤަޢިދާ 1441

16 ޖުލައި 2020