ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)315-ADMN/315/2020/42
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 05 އޮގަސްޓް 2020 11:00
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެންދޫ ކައުންސިލަށް 1.5 ގެ ޕިކަޕެއް ހޯދުން:

             މި ކައުންސިލަށް 1.5 ގެ ޕިކަޕެއް ގަތުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

             މިބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، ޤާނޫނު ނަންބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރި ވުމަށް ޝަރުޠު ހަމަވާ އަދި ޝަޢުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި، މިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

22 ޖުލައި 2020 ވާ ބުދަ  ދުވަހުގެ   11.00 ގައި ކެންދޫ ކައުންސިލް އިދާރާގައި

05 އޮގަސްޓް 2020  ވާ ބުދަ ދުވަހުގެ 11.00 ގައި  ކެންދޫ ކައުންސިލް އިދާރާގައި

 

                 މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ހާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި/ ވިޔަފާރި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާ ނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މީގެއިތުރުން ކުންފުނި/ ވިޔަފާރި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ ގެންނަން ވާނެއެވެ. ފޯނުގެ ޛަރީއާއިން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. މަތީގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންނެތި މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ސާފުކޮށް ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގެންނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

              އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި އީ. މެއިލްއާއި ފެކްސްގެ ޛަރީއާއިން ފޮނުއްވާ އަންދާސީ ހިސާބުތަކާއި މައުލޫމާތު ސާފުކުރައްވަން  ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަށްވެސް ބަލައި ނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

                    މިހެންވެ މިކަންޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.   

16 ޖުލައި 2020