މަސައްކަތް
ނަންބަރު: MNU-CA-FM/2020/11
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 20 ޖުލައި 2020 11:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލ.ގަންކެމްޕަހުގައި ކްލާސްރޫމެއް އެޅުމަށް

ލ.ގަންކެމްޕަހުގައި ކްލާސްރޫމެއް އެޅުމަށް.

             ލ. ގަން، މަތިމަރަދޫގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުގައި ކްލާސްރޫމެއް ހެދުމަށް ބޭނުންވާތީ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން:

             މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  20 ޖުލައި 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާ، މާލެ އިންނާއި، އަދި ލ.ގަން، މަތިމަރަދޫ ކެމްޕަހުގައި މަތީގައި އެވާ ގަޑިއަށް  ވަޑައިގަންނަވާ ފަރާތްތަކަށެވެ.

ބީލަން ބަލައިގަތުން،އަދި ވެލިޑިޓީ

            ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  05 އޮގަސްޓް 2020  ވާ ބުދަ ދުވަހު 12:00 ގައި، ޔުނިވަރސިޓީގެ އިދާރީ މަރުކަޒް މާލެ އިންނާއި، އަދި ލ. ގަން، މަތިމަރަދޫ ކެމްޕަހުގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.

  • ލ.ގަން، މަތިމަރަދޫ ކެމްޕަހުން: 7900005
  • އިދާރީ މަރުކަޒް، މާލެ އިން : 9999218 ، 3345134

އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

 

ނޯޓް:
ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

14 ޖުލައި 2020