މަސައްކަތް
ނަންބަރު: (IUL)13-K/13/2020/189
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 06 އޮގަސްޓް 2020 13:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ޕްލާންޓެއް ޑިޒައިން، ސަޕްލައި އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

21 މޭ 2020ގައި ކުރެވުނު އިއުލާނު ނަންބަރު: (IUL)13-K/13/2020/144، ބީލަން ހުށަހެޅުމުގެ ދަޢުވަތުގެ މުއްދަތު އިތުރުކުރުން)

ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ޕްލާންޓެއް ޑިޒައިން، ސަޕްލައި އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

ICB No: DBI/02

1. ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ހިލޭ އެހީގައި ހިންގަމުންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް (ފޭސް1)ގެ ދަށުން ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ޕްލާންޓެއް ޑިޒައިން، ސަޕްލައި އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. ވީމާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ބޭނުމަށް ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ޕްލާންޓެއް ޑިޒައިން،ސަޕްލައި އަދި އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

4. މި ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންވާނެއެވެ. 

  ހ. ފާއިތުވި 3 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 4 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވުން.

  ށ. ފާއިތުވި 5 އަހަރު ތެރޭގައި މިބާވަތުގެ 2 މަސައްކަތްކޮށްފައިވުން އަދި ކޮންމެ މަސައްކަތެއްގެ އަގު މަދުވެގެން 1.6 މިލިއަން އެމެރިކާ ޑޮލަރު ކަމުގައިވުން.

ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.

5. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން    : 960334106+  

އީމެއިލް  : [email protected]

ކޮޕީ     : [email protected]

6. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 2020 މޭ 21 އިން 2020 އޮގަސްޓް 5އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv)  މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 5ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

7. މި ޕްރޮޖެކްޓުގެ ބިޑިންގް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް  www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

8. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 20,000.00 ޔޫ.އެސް ޑޮލަރު (ވިހިހާސް ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 178 ދުވަހެވެ.

9. ބީލަން ހުޅުވުން އޮންނާނީ 2020 އޮގަސްޓް 6 ބުރާސްފަތި ދުވަހުގެ 13:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަމުގެ ޓެކްނިކަލް އެންވެލޮޕް ހުޅުވުމަށްފަހު ފައިނޭންޝަލް އެންވެލޮޕް ނުހުޅުވާ ރައްކާކުރެވޭނެއެވެ. އަދި ފައިނޭންޝަލް އެންވެލޮޕް ހުޅުވާނީ ޓެކްނިކަލް އިވެލުއޭޝަންގައި ފާސްވާ ފަރާތްތަކުގެ އެކަންޏެވެ. ޓެކްނިކަލް އިވެލުއޭޝަންގައި ފާސްނުވާ ފަރާތްތަކުގެ ފައިނޭންޝަލް އެންވެލޮޕް ނުހުޅުވައި އަނބުރާ ރައްދު ކުރެވޭނެއެވެ.

10. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.

www.finance.gov.mv

www.gazette.gov.mv

www.adb.org

14 ޖުލައި 2020

14 ޖުލައި 2020