ދިވެހިރާއްޖެ
ނަމްބަރު: IUL)242/242/2020/5)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާގެ ސެކިއުރިޓީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ގދ.އަތޮޅުކައުންސިލް އިދާރާގެ މީޓިންރޫމަށް ވަޑައިގެން މައުލޫމާތު ސާފްކުރުމަށްފަހު ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން ގދ.އަތޮޅުކައުންސިލްގެ އިދާރާގެ މީޓިންރޫމަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި، ހުށަހަޅުއްވާ އަންދާސީ ހިސާބު ހުންނަށްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
| 
 މައުލޫމާތު ސާފްކުރުމަށް  | 
 އަންދާސީ ހިސާބު ހުށަހެޅުމަށް  | 
| 
 14 ޖުލައި 2020 ވަނަ ދުވަހުގެ 10:30 އަށް  | 
 21 ޖުލައި 2020 ވަނަ ދުވަހު 10:30 އަށް  | 
އަދި،ދަންނަވަމެވެ. މައުލޫމާތު ސާފްކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ.
16 ޒުލްގައިދާ 1441
7 ޖުލައި 2020
މުހައްމަދު ޝިރާން
ހުވަދުއަތޮޅުދެކުނުބުރީ އަތޮޅުކައުންސިލްގެ ރައީސް