ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)241-A/241/2020/17
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 12 ޖުލައި 2020 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅުކައުންސިލްއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕްޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

         

         ނަންބަރ. (IUL)241-A/241/2020/17

އިޢުލާން

          މިއިދާރާގެ  އުޅަނދު ތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން. 

                            މިއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިޒް ކޮށްދޭނެފަރާތެއް ( ކޮންޓްރެކްޓް އުޞޫލުން     ވިއްކުމަށް ) އެދޭ ފަރާތްތަކުން 09 ޖުލައި 2020 ވާ ބުރާސްފަތި  ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑއިގެން މައުލޫމާތު ސާފްކުރުމަށްފަހު އެކަން ކޮށްދެވޭނެ އަގެއް ބަޔާންކޮށް މި ޚިދްމަތް ދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 12 ޖުލައި 2020ވާ އާދީއްތަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައި ހުންނަން ވާނެއެވެ.

                 ވީމާ،ޕެޓްރޯލް ވިއްކުމަށް އަންދާސީ ހިސާބް ހުށަހަޅުއްވަންވާނީ ތެޔޮވިއްކުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނި ތަކުންނެވެ. އަންދާސީ ހިސާބް ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ އާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއް ނަމަ ރަޖިސްޓްރީގެ ކޮޕީ އަދި މީރާގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިއުން ހުށަހަޅުއްވަން ވާނެއެއެވެ.

މާރކްސް ދެވޭނެ މިންގަނޑު

1- ޕެޓްރޯލް ލިޓަރެއް ވިއްކާނެ އަގު.

2- ތެލުގެ އަގަށް އަންނަބަދަލުތަކާއި ގުޅިގެން ޚިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތް .

3- ފައިސާދެއްކުމަށް އެދޭގޮތް : ( ފައިސާދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތައް )

4- މެދުނުކެނޑި ސަޕްލައި ލިބެން ހުންނާނެ ކަމުގެ ގެރެންޓީ ( ހުށަހަޅަފަރާތުން ޚިދްމަތް ދިނުމުގައި ސްޓޮކް ހުސްވެއްޖެނަމަ ސަޕްލައި ކޮށްދިނުމަށް ހަމަޖައްސާގޮތް )

5- ތެޔޮވިއްކާފަރާތުގެ ރަޖިސްޓްރީ އާއި ލިބިފައިވާ ހުއްދަތަކުގެ ކޮޕީ.

6 -ތެޔޮއަޅައި ދިނުމުގައި ދޭނެ ލުއިފަސޭހަތައް ( އުޅަނދު އޮންނަ ބަދަނރަކަށް ވެހިކަލެއްގައި ތެޔޮ ގެންގޮސް ދިނުން ފަދަ )

7 -ޓެކްސް ކްލިއަރެންސް ރިޕޯޓް .

                 މިއިދާރާއިން ހަމަޖައްސާފައިވަނީ މި އިޢުލާނާއި ގުޅިގެން ހޮވޭ ފަރާތަކާއި އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސޮއި ކުރެވޭ ފަރާތާއި އެކީ 1 އަހަރު ދުވަހުގެ މުއްދަތަށް މިއިދާރާއަށް ބޭނުންވާ ޕެޓްރޯލް ގަތުމަށެވެ.

                            މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

  15ޛުލްޤައިދާ 1441

                06  ޖުލައި  2020

06 ޖުލައި 2020