ދިވެހިރާއްޖެ
2020 ޖުލައި 05 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފެށުމާއެކު މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އެހެން ނަމަވެސް ޕާސްޕޯޓު ދޫކުރުމާއި، ވީޒާ ޖަހާ ނިމިފައިވާ ބިދޭސީންގެ ޕާސްޕޯޓު ހަވާލުކުރުމުގެ ޚިދުމަތް އެޕޮއިންޓްމަންޓް އުސޫލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތް ހޯއްދަވާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ޢާއްމުކޮށްފައިވާ ގޮތުގެމަތިން އިޖްތިމާޢީ ގައިދުރުކަން (social distance) ބެހެއްޓުމަށާއި އަދި މާސްކް އެޅުއްވުމަށް، ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ. އޮންލައިންކޮށް ޚިދުމަތްތައް ދިނުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
ދިވެހި ޕާސްޕޯޓުގެ ޚިދުމަތް
v ޕާސްޕޯޓަށްއެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. ރާއްޖޭގައި ހުރި ފަރާތެއްނަމަ އީމެއިލް ކުރާނީ [email protected] އަށެވެ. ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމް ކުރެވިފައި ނުވާ ގައުމެއްގައި ހުރި ފަރާތެއްނަމަ އީމެއިލް ކުރާނީ [email protected] އަށެވެ.
v އީމެއިލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންގެ ތެރެއިން އެދުވަހެއްގެ 10:00 ގެ ކުރިން ހުށަހަޅާ ޕާސްޕޯޓު އެޕްލިކޭޝަންތައް ލިބޭ ތަރުތީބުން 80 އެޕްލިކޭޝަން އެދުވަހެއްގެ 13:00 އަށް ނިމޭނެއެވެ. (ނިމޭނެކަމަށް ފާހަގަ ކޮށްފައިވިޔަސް އެޕްލިކޭޝަން ޕްރޮސެސް ކުރެވޭނީ މިއިދާެރާއިން ފޮނުވާ އޮންލައިން ލިންކް މެދުވެރިކޮށް ފައިސާ ދެއްކުމުންނެވެ.)
v ޕާސްޕޯޓު ދޫކުރުމަށް އެޕްލިކޭޝަން ލިބޭ ތަރުތީބުން އެޕޮއިންޓްމަންޓް ދޫކުރެވޭނެއެވެ.
v ޕާސްޕޯޓު ކާޑު ހެއްދުމަށް ހުށަހަޅާ ފޯމު ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށްށެވެ. ޕާސްޕޯތު ކާޑަށްއެދި ހުށަހަޅާ އެޕްލިކޭޝަން އީމެއިލް ކުރާނީ [email protected] އަށެވެ.
v ޕާސްޕޯޓު ކާޑު ދޫކުރުމަށް އެޕްލިކޭޝަން ލިބޭ ތަރުތީބުން އެޕޮއިންޓްމަންޓް ދޫކުރެވޭނެއެވެ.
މޮނިޓަރިންގ ޑިވިޜަންގެ ޚިދުމަތްތައް
v ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ބިދޭސީން ރިޕޯޓުކުރުމަށް ފޯމް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށް
v ބިދޭސީ ފަރާތުގެ ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށްފަހު އީމެއިލް މެދުވެރިކޮށް އެޕޮއިންޓްމަންޓްގެ މަޢުލޫމާތު ހިއްސާކުރާނެ
ވާރކްވީޒާ އަދި އެހެނިހެން ވީޒާގެ ޚިދުމަތް
v ބިދޭސީންގެ ވީޒާ އައު ކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.
v ވާރކްވީޒާގެ އެޕޮއިންޓްމަންޓް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ނެންގެވުމަށާއި އަދި ވާރކްވީޒާ ފިޔަވައި އެހެނިހެން ވީޒާއަށް އެދި އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް މެއިލް ކުރުމުން، އެޕްލިކޭޝަން ޕްރޮސެސް ކުރުމަށްފަހު، މެއިލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ލިބިވަޑައިގަންނަވާނެއެވެ.
v އަދި އެޕޮއިންޓްމަންޓް ލިބިފައިވާ ގަޑިއަށް ހާޒިރުވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
v ޚިދުމަތްތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ހެނދުނު 08:00 އިން ހަވީރު 16:00 އާދެމެދު، މިއިދާރާގެ ފޯނު ނަންބަރު 9199153 (ވާރކް ވީޒާ)، 9199157 (ވާރކްވީޒާ ފިޔަވައި އެހެނިހެން ވީޒާ) އަށް ގުޅުއްވުމަށް ދެންނެވީމެވެ.