ދެންނެވުން
ނަންބަރު: MTCC-CS/IU/2020/0106
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 16:09
ސުންގަޑި: 16 ޖުލައި 2020 16:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ޝާޢިއުކުރުމާއި ގުޅޭ

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ކުންފުނީގެ ވެބްސައިޓް www.mtcc.mv ގައި ޝާޢިއުކުރެވިފައިވާ ވާހަކަ އެންމެހާ ޙިއްޞާދާރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

މިޔައުމިއްޔާއަށް އިސްލާހު ހުށަހަޅުއްވަން ބޭނުންފުޅުވާ ޙިއްޞާދާރުން، 16 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން މިކުންފުނީގެ އީމެއިލް އެޑްރެސް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

01 ޖުލައި 2020