ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E1/30/2020/56
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 14:07
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ގަހުގެ ނާސަރީ ހިންގުމާއި ރަޖިސްޓްރީ ކުރުމުގެ އުސޫލަށް ގެނެވުނު ފުރަތަމަ އިސްލާހް

ޤާނޫނު ނަންބަރު 2011/12 (ގަސްގަހާގެހި ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ކ)ގައި ނޭޝަނަލް ޕްލާންޓް ޕްރޮޓެކްޝަން އޯގަނައިޒޭޝަނުގެ މަސައްކަތުގެ ތެރޭގައި ޕެސްޓް ހުރިކަމާއި، ފެތުރުން ރިޕޯޓުކުރުމާއި، އެ ޕެސްޓް ކޮންޓްރޯލްކުރުމުގެ މައިގަނޑު މަޤުޞަދުގައި، ހެދެމުންދާ ގަސްގަހާގެއްސާއި (ދަނޑުހައްދާ ސަރަޙައްދުތަކާއި، ނަރސަރީތަކާއި، ބަގީޗާތަކާއި، ގްރީންހައުސްތަކާއި، ލެބޯރެޓަރީތައް ހިމެނޭގޮތުން)، ވަލުގައި ހެދޭ ގަސްގަހާގެއްސާއި، ރައްކާކޮށް ބެހެއްޓިފައި ހުންނަ ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދެވޭ ގަހުގެ ބައިތަކުގެ އުފެއްދުންތައް ބަލާފާސްކުރުން ހިމެނޭއިރު، އެ މަސައްކަތުގެ މަޤުޞަދު ޙާޞިލްކުރުމަށްޓަކައި، ގަސްގަހާގެހި ޙިމާޔަތްކުރުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން ޤަވާއިދު، އަމުރު، ޖަދުވަލު، ނޯޓިސް ނުވަތަ މެނުއަލް ހެދުމުގެ ބާރު މިނިސްޓަރަށް ލިބިގެންވާތީ، ގަސްގަހާގެހި ޙިމާޔަތްކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ކ) އަށް ރިޢާޔަތްކޮށް އަދި އެޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން ގަހުގެ ނާސަރީ ހިންގުމާއި ރަޖިސްޓްރީ ކުރުމުގެ އުސޫލުވަނީ 1 އޮގަސްޓް 2019ގައި ގެޒެޓް ކުރެވިފައެވެ.

 މިގޮތުން މިހާރުއަމަލުކުރަމުންގެންދާ އުސޫލަށް ފުރަތަމަ އިސްލާހު މިއިއުލާންއާއިއެކު ގެޒެޓް ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

22 ޖޫން 2020