ދެންނެވުން
ނަންބަރު: 198-H/2020/90
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 0156
ސުންގަޑި: 30 ޖޫން 2020 1400
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދައުލަތުގެ މުއައްސަސާތަކަށް ދައްކަންޖެހޭ ފައިސާ، ފަސޭހަކަމާއެކު ދެއްކުމާ ބެހޭ

ައުލަތުގެ މުއައްސަސާތަކަށް ދައްކަންޖެހޭ ފައިސާ، ފަސޭހަކަމާއެކު ދެއްކުމަށް ބަނޑޭރި ޕޭ (BandeyriPay) ގެ ނަމުގައި، އޮންލައިން ޕޭމަންޓް ޕޯޓަލްއެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިހާރުވަނީ ޤާއިމުކޮށްފައެވެ. އަދި މިޕޯޓަލް މެދުވެރިކޮށް ޝަރުޢީދާއިރާއަށް ވެސް ފައިސާދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ވީމާ، ޝަރުޢީ ދާއިރާގެ ކޯޓުތަކަށާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ ތިރިގައި މިވާ "ބަނޑޭރި ޕޭ" ލިންކް މެދުވެރިކޮށް ދެއްކުމަށް އެދި ދަންނަވަމެވެ.

 

 https://bandeyripay.finance.gov.mv/

 

އަދި މި ގޮތަށް ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާދެއްކޭނެ އިންތިޒާމު ހަމަޖެހުމާއެކު، ކޮވިޑް-19 އާ ގުޅިގެން 2020 މާރޗް 18 ވަނަ ދުވަހު މި ޑިޕާރޓްމަންޓުން ނެރެފައިވާ 198-P/2020/85 އިއުލާނުގައިވާގޮތަށް ޝަރުޢީދާއިރާއަށް ދައްކަންޖެހޭ ފައިސާ، އެ އިޢުލާނުގައިވާ ބޭންކް އެކައުންޓަށް ބަލައިގަތުން 2020 ޖޫން 30 ގެ ފަހުން ހުއްޓާލާނެ ވާހަކަ ވެސް ދަންނަވަމެވެ.

ވީމާ، ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ "ބަނޑޭރި ޕޭ" ލިންކް މެދުވެރިކޮށް ދެއްކުމަށާއި އަދި ދައްކަން ޖެހޭ ފައިސާއާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށް، އެތަނަކުން މަޢުލޫމާތު ދިނުމަށް ކަނޑައަޅުއްވާފައިވާ ފޯނު ނަންބަރަކަށް ނުވަތަ އީމޭލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް އެދި ދެންނެވީމެވެ.

 

29 ޝައްވާލް  1441

2020-06-21