މަސައްކަތް
ނަންބަރު: (IUL) PSM-FP/ PSM/2020/48
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 28 ޖޫން 2020 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ނ.މަނަދޫން ޕީއެސްއެމްއަށް ދޫކޮށްފައިވާ ބިން ސާފްކުރުމާއި ކަރަންޓްލުމާއި ފެންވަޅު ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2020/48

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-11-20) PSM-GA /2019/159

 

 

 

އިޢުލާން

  •  ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

އައިއެސްޑީބީޓީ ޕްރޮޖެކްޓްގެ ޚިދުމަތް ރާއްޖެތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން  ނ.މަނަދޫން ޕީއެސްއެމްއަށް ދޫކޮށްފައިވާ ބިން ސާފްކުރުމާއި ކަރަންޓްލުމާއި ފެންވަޅު ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2020/30 ނަންބަރު އިޢުލާނާ ގުޅިގެން  ދީފައިވާ މަޢުލޫމާތުގައި ބައެއް އަސާސީ ކަންކަން ފުރިހަމަނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް،  މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަސައްކަތާގުޅޭ ތަފްޞީލް

  އައިއެސްޑީބީޓީ ޕްރޮޖެކްޓްގެ ޚިދުމަތް ރާއްޖެތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ނ.މަނަދޫން ޕީއެސްއެމްއަށް ލިބިފައިވާ ބިން ސާފްކުރުމާއި ކަރަންޓްލުމާއި ، ފެންވަޅު ބަހައްޓައިދިނުމަށް ޝައުޤްވެރިކަން ހުރި ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މަޢުލޫމާތުގެ މައްޗަށް މި މަސައްކަތްކޮށްދިނުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ޢާއްމުކޮށް ހުޅުވާލަމެވެ.

  • ނ.މަނަދޫގައިވާ މިބިން ބަލަން ބޭނުންވާ ފަރާތްތަކަށް ބިން ދައްކާނީ ކައުންސިލްގެ އިދާރާގެ ފަރާތުންނެވެ. އެ އިދާރާގެ ފަރާތުން އަޙުމަދު ރިޝާދު 9919744  ނަންބަރު ފޯނަށް  ގުޅުއްވުމުން ކައުންސިލްގެ ފަރާތުން '' ބިން'' ދެއްކުމުގެ އިންތިޘާމް ހަމަޖެހިފައިވާނެއެވެ.
  • ·   ބިޑް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

ނ.މަނަދޫން ޕީއެސްއެމްއަށް ދޫކޮށްފައިވާ 15000 އަކަފޫޓްގެ ބިން ސާފުކުރުމާއި ،ކަރްންޓްލުމާއި ފެންވަޅު ބެހެއްޓުމާއި ކުރަން ކަނޑައެޅިފައިވާ ހުރިހާ ކަމެއްކުރުމަށްދޭ މަޢުލޫމާތު:

 

 

 

 

 

 

 

 

 

 

 

 

ބިން ސާފްކުރުން:

1- ބިމުގެ ސަރަޙައްދުގައި ހިމެނޭ ހުރިހާރުއް، ގަސް ކަނޑާ ބުޑުތަކާއެކު ބިމުން ކޮނެ ނަގާ އުކާލާ ސާފުކުރުން.

2- ބިމުގައިހުރި، ގައު ތަކާއި، ގައުކުނޑިތައް އުކާލާ ބިން ސާފުކުރުން.

3- ބިމުގެ ސަރަޙައްދުގައިހުރި އެހެނިހެން ތަކެތި ނަގައި، ވިނަތައް ނޮޅާ އުކާލާ ސާފުކުރުން.

4- ބިމުގެ ސަރަޙައްދު ކުނި ނަގާ އުކާލުމަށްފަހު ބިން ލެވެލްކޮށް އެއްވަރު ކުރުން.

5- ލެވެލްކުރާއިރު އުފެދޭ ކުންޏާއި، ގައުފަދަ ތަކެތި ނަގާ އުކާލާ ބިން ސާފުކުރުން.

6- ރަށު ކައުންސިލުން ކަޑަ ޖަހާދިނުމަށްފަހު، ކައުންސިލުން ޤަބޫލްކުރާ ފެންވަރަށް ކަންމުޑި އެޅުން.

ކަރަންޓުލުން

7- ކަރަންޓް ނަގާނީ، ގޯއްޗާއި އެއްމެ ކައިރީގައި ހުރި ސަރުކާރުގެ ޑިސްޓްރިބިއުޝަން ފޮށިންނެވެ. އަދި ކޭބަލް ޕީއެސްއެމްގެ ގޯއްޗަށް ވައްދާނީ، މަގުމަތީ ޑިސްޓިރިބިއުޝަން ފޮއްޓާ އެންމެ ކާރި ދިމާލުންނެވެ.

8-  ކޭބަލް ވަޅުލުމަށް ކޯރު ކޮންނައިރު އެރަށެއްގައި ހަމަޖެހިފައިވާ ފުންމިނަށް ކޯރު ކޮންނަންވާނެއެވެ.

9-  ކޯރަށް ފަސްލާއިރު، އެރަށެއްގެ ޕަވަރ ހައުސްއިން ކަނޑައަޅާފައިވާ އުޞޫލުން ކޭބަލެއްއޮތްކަން އެނގޭނޭ ނިޝާން ކޯރުތެރޭން ފެންނަން އޮންނަން ވާނެއެވެ.

10- ކޭބަލްގެ ސައިޒަކީ، 4 ކޯ 25 އެމްއެމްގެ އާމޯޑް 3 ފޭސް ކޭބަލެވެ.

11- ކޭބަލްގެ ގޯތިތެރެއަށް ވަންނަ ކޮޅު ވެއްދުމަށްޓަކައި، އައުޓްޑޯރ ޑިސްޓްރިބިއުޝަން ފޮއްޓެއް ގޯތިތެރޭގައި ބެހެއްޓިފައި ހުންނަންވާނެއެވެ.

12- ފޮއްޓަކީ، ތަޅުލެވޭ ފޮއްޓަކަށް ވާންޖެހޭނެއެވެ.

13-  ކޭބަލްގެ ކޮޅު ހުންނަންވާނީ، ފޮށީގެ އެތެރެއަށް ވައްދާފައެވެ. އަދި ކޭބަލްގެ ދެކޮޅު އިންސްލޭޝަން ކުރަންވާނެއެވެ.

14- ޑިސްޓްރި ބިއުޝަންފޮށި ހަރުކުރަންވާނީ، ސިމެންތިއާއި، ހިލަވެލިން 3 ފޫޓް އުސްމިނުގައި ހަދާފައިހުރި ޕޯސްޓެއްގައެވެ.

15-  ޕޯސްޓް ހުންނަންވާނީ، ގޯތީގެ ކަނަކާއި ދިމާލުން، ކޮންމެފަރާތަކުންވެސް އިންފާރަށްވުރެ 3 ފޫޓް އެތެރޭގައެވެ.

16- ޑިސްޓްރިބިއުޝަން ފޮށީގެ ތެރޭގައި، 3 ފޭސް މީޓަރަކާއި، 4 ޕޯލް ބްރޭކަރަކާއި، 3 ފޭސް އީ. އެލް. ސީ. ބީ އަކާއި، 3 ޕޯލް ބްރޭކަރެއް، ހަރުކުރެވިފައި ހުންނަންވާނެއެވެ. ހަރުކުރެވޭ ތަކެއްޗަކީ، ސްޓެލްކޯ/ ފެނަކަ ޤަބޫލުކުރާފެންވަރުގެ ތަކެއްޗަށް ވާންޖެހޭނެއެވެ.

ފެންވަޅު ބެހެއްޓުން

17- ވަޅުގެ ޑައިމީޓަރގައި 4 ފޫޓު ހުންނަ ވަށް ވަޅަކަށް ވާންޖެހޭނެއެ

18- ވަޅު ހަދަންވާނީ ހިލަޔާއި ހިލަވެލި، ސިމެންތި ބޭނުންކޮށްގެން ކޮންކްރީޓްންނެވެ.

19-  ވަޅުތެރޭ ފެނުގެ ފުންމިނުގައި  3 ފޫޓް ހުންނަންވާނެއެވެ.

20- ވަޅުގެ އަޑީގައި ކޮންކްރީޓްން ފޫ އަޅާފައި އޮންނަންވާނެއެވެ.

21- ހަމަބިމުން ފެށިގެން ބިމުން މައްޗަށް 2 ފޫޓް އުސްމިން ހުންނަންވާނެއެވެ.

22-              ވަޅުގެ މަތި ކޮންކްރީޓް ޝީޓަކުން އަޅާފައި އޮންނަންވާނެއެވެ.

23- ވަޅުގެ މަތީ ޝީޓް އަޅާއިރު، ވަޅަށް ފައިބަންޖެހިއްޖެ ޙާލަތެއްގައި ފޭބޭގޮތަށް ވަކިން ނަގާ ބޭއްވޭ މަތިގަނޑެއް، ކޮންކްރީޓްން އަޅާފައި އޮންނަންވާނެއެވެ.

24- ވަޅުން ފެންނެގުމަށް ބަހައްޓާ މޯޓަރގެ ޕްޓްވޭލް ހޮޅިލުމަށް ނުނެގޭގޮތަށް އޮންނަ މަތިގަނޑުގައި 2 އިންޗި ހޮޅިއެއް ބޭނޭވަރުގެ ހޯލްއެއް ހުންނަންވާނެއެވެ.

25- ވަޅު ބަހައްޓާނީ، ގޯތީގެ ކަނަކާ ދިމާލުން، އިންފާރާ ވަޅާދެމެދު، ވަށައިގެން ހިނގޭގޮތަށް 3  ފޫޓުގެ އެތެރޭގައެވެ.

           

      

ދީފައިވާ މަޢުލޫމާތާގުޅޭގޮތުން ކަމެއްސާފު ކުރަން ބޭނުންވާނަމަ،

 

  • ޕީއެސްއެމްގެ ފަރާތުން ތިރީގައި މިދަންނަވާ ނަންބަރުން އެކަމެއް ސާފުކޮށްދެއްވާނެއެވެ.
  • 7785339 ހަސަން ޝާކިރް

ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ، ހުށަހަޅަންވާނެއެވެ.

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

 

ބިޑް ހުށަހަޅާ މަރުޙަލާގައި ،

އަސާސީ މަޢުލޫމާތެއް މަދުނަމަ، އެޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

  •   ކުންފުންޏެއްނަމަ،/ އަމިއްލަ ފަރުދެއްނަމަ،

1- މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު)

2- މުއްދަތު: (މަސައްކަތް ނިންމާނެ މުއްދަތު ނުވަތަ ޑެލިވަރީގެ މުއްދަތު)

3- ބިޑްގެއަގު 500,000.00ރ. (ފަސްލައްކަރުފިޔާއިންމަތިންއަގުހުށަޅާނަމަ) 10,000.00ރ. ރުފިޔާގެ ބޭންކް ގެރެންޓީ  (ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ.)

  • ކުންފުންޏެއްނަމަ،

4-  ކޮމްޕެނީ ރަޖިސްޓްރީގެ ކޮޕީ:

5- ޖީ.އެސް.ޓީ / ޓެކްސް ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ:

 

  • އަމިއްލަ ފަރުދެއްނަމަ،

6-  އައިޑީކާރޑްގެ ކޮޕީ: 

7-  ޓެކްސް އަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ، ސެޓްފިކެޓްގެ ކޮޕީ: ނުކުރާނަމަ އެކަންއެގޭނެލިޔުމެއް.

 

ހުށަހަޅުއްވާ ބިޑްގެ އަގު 1 މިލިއަނަށްވުރެ މަތިވާނަމަ ، ބިޑް އިވެލުއޭޓްކޮށް، އެވޯޑްކޮށް އެފަރާތަށް އެންގުމުން ޕާރފޮރމަންސް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ.

  • ބިޑްއެވޯޑްވެއްޖެނަމަ،
  • 1,000.000.00  (އެއްމިލިޔަން) ރުފިޔާއަށްވުރެ މަތިނަމަ، ހުށަހަޅާއަގުގެ އަށްވާވަރު ބިޑްކާމިޔާބުކުރާފަރާތުން ޕާރފޯމަންސްސެކިއުރިޓީއެއް ، އެގްރީމެންޓްގައި ސޮއިކުރުމުގެކުރިން ހުށަހަޅަންވާނެއެވެ.  (ޕާރފޮމެންސް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.)                                                

ޕްރޮޕޯސަލް ބާޠިލްވާނެ ޙާލަތްތައް

  • އަސާސީ މަޢުލޫމާތު ފުރިހަމަނުވުން
  • ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވުން.

މަސައްކަތްކޮށްދޭނެއަގު ހުށަހަޅާނެގޮތް:

  • އަގު ހުށަޅަންވާނީ ދިވެހި ރުފިޔާ އިންނެވެ.
  • ޖީއެސްޓީ ވަކިން އެގެންއޮންނަންވާނެއެވެ.

 

ޕޮއިންޓްދެވޭނެގޮތް

  • މަސައްކަތުގެ ޖުމްލައަގު:      50 ޕޮއިންޓް
  • މަސައްކަތް ނިންމާނެ މުއްދަތު:  20 ޕޮއިންޓް
  • މަސައްކަތުގެ ތަޖްރިބާ:       30 ޕޮއިންޓް

ސުންގަޑި:

  • (28 ޖޫން 2020 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިންނެވެ.

އިވެލުއޭޓްކުރެވޭނެގޮތް:

  • މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ތައް މިކުންފުނީގެ އިވެލުއޭޝަން ކޮމެޓީއަށް ފޮނުވައި އިވެލުއޭޓްކޮށް ، އެންމެ އެކަށީގެންވާ އަގު ހުށަހަޅާފައިވާ ފަރާތްތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.

މަސައްކަތް ޙަވާލުކުރުން

  • ޕްރޮޕޯސަލްތައް ކޮމެޓީން އިވެލުއޭޓްކޮށް އެންމެ މަތީމާކްސް ލިބޭ ފަރާތާ/ ފަރާތްތަކާ މަސައްކަތް ޙަވާލުކުރެވޭނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ޕްރޮޕޯސަލް ބަލައިގަންނާނީ ދެވިފައިވާ މެއިލް އެޑްރެސްއިންނެވެ.

 

     

                 29 ޝައްވާލް 1441       

                 21 ޖޫން 2020    

21 ޖޫން 2020