ދިވެހިރާއްޖެ
އިޢުލާން
| 
 ވަޒީފާގެ ފުރުޞަތު  | 
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
| 
 މަޤާމުގެ ނަން:  | 
 ކާޕެންޓަރ  | 
| 
 ރޭންކް:  | 
 SS2/B  | 
| 
 ސެކްޝަން/ޑިޕާޓްމަންޓް:  | 
 މެއިންޓެނަންސް އެންޑް ސަޕޯޓް ސަރވިސަސް  | 
| 
 ބޭނުންވާ ޢަދަދު:  | 
 1  | 
| 
 ތަޢުލީމާއި ތަޖްރިބާ:  | 
 
 
 
 
  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
 ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކާޕެންޓްރީއާ ގުޅޭ އެންމެހައި މަސައްކަތްތައްކުރުން.  | 
| 
 އުޖޫރަ:  | 
 - މަހަކު -/5,600 ރުފިޔާ  | 
| 
 އެލަވަންސް/ޢިނާޔަތްތައް:  | 
 - ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ - އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ  | 
ފޯމް ފޮނުވަންވީ ތާރީޚް: 22 ޖޫން 2020 އިން 28 ޖޫން 2020 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް، ނުވަތަ 28 ޖޫން 2020 ވަނަ ދުވަހުގެ 14:00 ކުރިން [email protected] އަށް
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް https://majlis.gov.mv/storage/downloads/eJguMaaKKXXRxmsBjlrPPcYwp0VWt5jScKM1UhgO.pdf އިން ލިބެން ހުންނާނެއެވެ.)
 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި (ހުށަހަޅާފައިވާ ކޮޕީ އެޓެސްޓްކޮށްފައިނުވާނަމަ، އިންޓަވިއު އަށް ހާޒިރުވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ).
 - މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މަޖިލީހުގެ އިދާރާގެ އެޗް.އާރު ހޮޓްލައިން: 7995753 އަށެވެ.
ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.