ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRAD/IU/2020/97
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 25 ޖޫން 2020 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މަހާޖައްރާފު

އިޢުލާން

 

"މަހާ ޖައްރާފު"ގެ މުވައްޒަފުން ހޯދުމަށް ހުޅުވާލުން:

 

މިކުންފުނީގެ "މަހާ ޖައްރާފު" ގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް، ކޮންޓްރެކްޓް ޢުސޫލުން މަސައްކަތްކުރާނެ މުވައްޒަފުން ބޭނުންވެއެވެ.

 

#

މަޤާމް

އަސާސީ ޝަރުތު

މުސާރަ (ރުފިޔާ)

1

ޗީފް އޮފިސަރ

  • ސެޓްފިކެޓް އޮފް  ކޮމޕީޓެންސީ : އަންލިމިޓެޑް  ޓަނޭޖްގެ އުޅަނދެއްގައި ޗީފް އޮފިސަރގެ މަގާމް އަދާކޮށްފައިވުން.
  • އަންލިމިޓެޑް ޓަނޭޖްގެ އުޅަނދެއްގައި ޗީފް އޮފިސަރ މަގާމު އަދާކުރުމަށް ބެނުންވާ ސެޓްފިކެޓްތައް STCW  މެނީލާ 2010 ގެ މިންގަޑަށް ފުރިހަމަކޮށްފައިވުން.
  • ILO/MLC 2006 ގެ މިންގަނޑަށް ސަރޓިފިކެޓް އޮފެ މެޑިކަލް ފިޓްނެސް ލިބިފައިވުން.  
  • ޖީ.އެމް.ޑީ.އެސް.އެސް ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
  • ޝިޕް ސެކިއުރިޓީ އޮފިސަރ ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
  • "އެކްޑިސް" ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
  • ކޮމްޕިއުޓަރ ބޭނުންކުރުމާއި، މައިކްރޯސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަވުން.
  •  
  • ކަމާބެހޭ އިކުއިޕްމަންޓާއި އިންސްޓްރުމެންޓޭޝަން ބޭނުންކުރުމަށް ފަރިތަވުން.
  • ތިލަ ފަޅުތަކުގައި ނިޔަމިކަން ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  • ބިން ހިއްކުމުގެ ޕްރޮޖެކްޓެގައި ބިންހިއްކާ އުޅަނދެއްގެ ޗީފް އޮފިސަރުކަން ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

62,050.00

2

ޗީފް އިންޖިނިއަރ

  • ސެޓްފިކެޓް އޮފް  ކޮމްޕީޓެންސީ ކްލާސް 1 ،– މެރިން ޗީފް އިންޖިނިއަރ (STWC މިންގަނޑަށް ފެތޭގޮތަށް އުޅަނދަށް ކޮންމެހެން ބޭނުންވާނެ ލައިސަންސްތަކައި އެގްޒޭމިނޭޝަންތައް ހިމެނޭގޮތަށް) ފުރިހަމަ ކޮށްފައިވުން.
  • އެންމެ ކުރުވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ބާޠިލުނުވާނެފަދަ ފަހުގެ މެޑިކަލް ސެޓްފިކެޓެއް.  
  • އެންމެ ކުޑަވެގެން 3,000kW ގެ ޕްރޮޕަލްޝަން މެޝިނަރީއެއްގައި ހިނގާ އުޅަނދެއްގެ ޗީފް އިންޖިނިއަރ  މަގާމު އަދާކުރުމަށް ބެނުންވާ ސީއޯސީ ލައިސެންސް ލިބިފައިވުން.  
  • STCW ގެ ސެކްޝަން A-III/2 ގައި ބަޔާން ކޮށްފައިވާ މިންގަނޑަށް ފެތޭ ތަޢުލީމާއި ތަޖުރިބާ ޙާސިލްކޮށްފައިވުން.
  • ބޭސިކް އަދި އެޑްވާންސް ސޭފްޓީ ޓްރެއިނިންގ ކޯސްތައް ފުރިހަމަކޮށްފައިވުން.
  • ޕްލޭންޑް މެއިންޓެނަންސް ސިސްޓަމް ނުވަތަ ސޮފްޓްވެއަރތަކަށް އަޙުލުވެރި ވުމާއިއެކު މައިކްރޯސޮފްޓް ޕެކޭޖަށް ފަރިތަވުން.
  • މަދުވެގެން 3 އަހަރުދުވަހު ޗީފް އިންޖިނިއަރ މަގާމް އަދާކޮށްފައިވުން ނުވަތަ
  •  މަދުވެގެން 5 އަހަރުދުވަހުގެ މުއްދަތަށް ސެކަންޑް އިންޖިނިއަރގެ މަގާމު އަދާކޮށްފައިވުން.
  • މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖިނިއަރިންގ ގެ ތަޖުރިބާ ލިބިފައިވުން.
  • ޑްރެޖަރ އެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ދެފަރާތް އެއްބަސްވާގޮތުގެ މަތީން

3

ކެޕްޓަން

  • ސެޓްފިކެޓް އޮފް  ކޮމްޕީޓެންސީ : މާސްޓަރ އަންލިމިޓެޑް (500 GT ގެ އުޅަނދެއްގެ މާސްޓަރުކަން (STCW II/2))  
  •  ޖީ.އެމް.ޑީ.އެސް.އެސް ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
  • STWC Manila 2010   (އެއަށް ގެނެވިފައިވާ އިޞްލާޙުތައް ހިމެނޭ ގޮތަށް) ގައި ބަޔާން ކޮށްފައިވާ މިންގަނޑަށް ފެތޭ ތަޢުލީމާއި ތަމްރީން ޙާސިލްކޮށްފައިވުން.
  • މަދުވެގެން 1 އަހަރު ދުވަހުގެ ތެރޭގައި ބާޠިލުނުވާނެ ޞައްޙަ މެޑިކަލް ފިޓްނަސް ލިބިފައިވުމާއެކު ރަނގަޅު ފެނުމާއި އަޑުއިވުން ލިބިފައިވުން.
  • އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިޔެކިޔުމުގެ ޤާބިލްކަން ލިބިފައިވުން.
  • އެންސިލަރީ ޕްރޮފިޝަންސީ ޓްރެއިނިންގ ކޯސް ފުރިހަމަކޮށްފައިވުން (އަޕްޑޭޓެޑް STCW ބޭސިކް ސޭފްޓީ ޓްރެއިނިންގ ކޯސް ހިމެނޭ ގޮތަށް)
  • ޕީއެމްއެސް ސިސްޓަމަށާއި ކޮމްޕިއުޓަރަށް ފަރިތަވުން.
  • ނިޔަމިކަމުގެ ރައްކާތެރިކަމަށްޓަކައި، ECDIS އަށް ފަރިތަވުން.
  • ބްރިޖް ރިސޯސް މެނޭޖްމަންޓާއި، ލީޑަރޝީޕް އަދި މެނެޖީރިއަލް ހުނަރުތަކުގެ ޢިލްމު ލިބިފައިވުން.
  • މަދުވެގެން 2 އަހަރުދުވަހު މާސްޓަރ (އެފް.ޖީ ޓްރޭޑް) މަގާމް އަދާކޮށްފައިވުން ނުވަތަ
  • މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޗީފް އޮފިސަރ މަގާމު އަދާކޮށްފައިވުން.
  • ޑްރެޖަރ އެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ދެފަރާތް އެއްބަސްވާގޮތުގެ މަތީން

 

 

އެހެނިހެން ޝަރުތު:   

                 މަސައްކަތަށް ޝައުގުވެރި، ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.

 

ވަޒީފާގެ ބާވަތް:       ކޮންޓްރެކްޓް

ޑވިޜަން:        ލޮޖޮސްޓިކަލް އޮޕަރޭޝަންސް

މަސައްކަތްކުރަންޖެހޭތަން:  މަހާ ޖައްރާފު

އެހެނިހެން އިނާޔަތް:     ފުޑް އަދި އެކޮމޮޑޭޝަން

                 މެޑިކަލް އިންޝޫރަންސް

 

       ވީމާ، މަޤާމުތަކަށް ޝައުގުވެރިވާފަރާތްތަކުން  25 ޖޫން 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް އީ-މެއިލް މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ. މި ފޯރމް ކުންފުނީގެ ކުންފުނީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެއެވެ.  

 

ވެބްސައިޓް:http://mtcc.mv/careers

ފޯން:  3001100/ 3001149 / 3001141 

އީމެއިލް:  [email protected]         

 

21 ޖޫން 2020

 

21 ޖޫން 2020