ދެންނެވުން
ނަންބަރު: 7-TECH/CIR/2020/5
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 1801
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު 2020/R-23 (ދިވެހި ރާއްޖޭގެ ޤާނޫނީ އޮޑިޓް ކުރުމުގެ ގަވާއިދު) އަށް 1 ވަނަ އިޞްލާޙު ގެނައުން

  1. ބުނެވިދިޔަ ގަވާއިދުގެ 5، 6 އަދި 7 ވަނަ މާއްދާގެ (ހ)ގެ ފަހަތަށް އަންނަނިވި ބައިތައް އިތުރުކުރުން.

(ހ)  މި ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ތެރެއިން، އައިފެކްގެ މެންބަރުކަން އޮންނަ ފަރާތެއްގެ ޕްރޮފެޝަނަލް އިމްތިހާނުތަކުން ފާސްވެ، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޕްރެކްޓިސިންގ ސެޓުފިކެޓް ދޫކޮށްފައިވާ ފަރާތްތަކަށް، މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރެވޭތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އައިފެކްގެ މެންބަރުކަން އޮންނަ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެންބަރަކަށް ވުމަށް ޝަރުތުކޮށް، ލައިސަންސް ދެވިދާނެއެވެ.

 

  •  މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
2020-06-16