ދެންނެވުން
ނަންބަރު: IL-ADM/2020/21
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 1345
ސުންގަޑި: 30 ޖޫން 2020 2359
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

14  ޖޫން އިން 30 ޖޫން 2020 ގެ ނިޔަލަށް އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި، މި ހަތަރު ދުވަހު ހެނދުނު 9:30 އިން ފެށިގެން މެންދުރު ފަހު 2:00 އަށެވެ.

ފުރަބަންދުގެ ހާލަތަށް ސަރުކާރުން ދީފައިވާ ލުއިތަކާއި ގުޅިގެން، މިހާރު މެދުކެނޑިފައިވާ ކުދި ރުފިޔާ ދޫކުރުމުގެ ޚިދުމަތާއި ވަކި ލާރި ދޫކޮށް ބަލައި ގަތުމުގެ ޚިދުމަތް، 16 ޖޫން 2020 ވާ އަންގާރަ ދުވަހުން ފެށިގެން އަލުން ދިނުމަށް މި އޮތޯރިޓީން ވަނީ ނިންމާފައެވެ.

އަދި 16 ޖޫން 2020 ވާ އަންގާރަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މި ޚިދުމަތް ދެމުން ގެންދާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. ޚިދުމަތް ހޯއްދެވުމަށް އެދި    މިއޮތޯރިޓީގެ ނަންބަރު 7919292 އަށް ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތުގެ ނަން، އައިޑީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު، މިހާރު ދިރިއުޅޭ އެޑްެރެސް، ގުޅޭނެ މޮބައިލް ނަންބަރު އަދި ހޯއްދެވުމަށް ބޭނުންފުޅުވާ ޚިދުމަތް ލިޔުއްވުމަށް ފަހު އެސްއެމްއެސް  ނުވަތަ ވައިބަރ މެދުވެރިކޮށް ފޮނުއްވުމުން މި އޮތޯރިޓީން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދަންޖެހޭ ހުއްދަ އެފަރާތަކަށް ހޯދައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުއްދަ ލިބޭއިރު މި އޮތޯރިޓީއަށް  ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވަންޖެހޭ ތާރީޚާއި ގަޑި ބަޔާންކޮށްފައިވާނެއެވެ.

ވީމާ، މި އޮތޯރިޓީ އަށް ވަޑައިގަތުމަށް ހުއްދަ ލިބިފައިވާ ތާރީޚާއި ގަޑި އަށް ސަމާލުކަންދެއްވާ ލިބިވަޑައިގެންފައިވާ ގަޑީގައި މި އޮތޯރިޓީއަށް ވަޑައިގަތުމަށް ދަންނަވަމެވެ. އަދި މި އޮތޯރިޓީން ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާއިރު މާސްކް އެޅުއްވުމަށް ވެސް ދަންނަވަމެވެ.

2020-06-11