ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2020/13
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2020
ޕަބްލިޝްކުރި ގަޑި: 23:29
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އއ.ފެރިދޫ އަށް މީހުން އަރާ ފޭބުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލަށް އިސްލާޙު ގެނައުމަށް

                                                                                                                                                        ނަންބަރު:A/IUL/344/2020/13

 

އިޢުލާން

        މިކައުންސިލުގެ ނަންބަރު: A/IUL/344/2020/12 (12 މެއި 2020) އިޢުލާނުން ކޮށްފައިވާ "ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އއ.ފެރިދޫ އަށް މީހުން އަރާ ފޭބުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ތިރީގައި މިދަންނަވާ ކަންތައް ވަނީ ބާޠިލް ކުރެވިފައެވެ.

 

މި އުޞޫލުގައި ހިމެނޭ ކަންތައްތައް

  1. ރަށަށް ދަތުރުކުރާ ފަރާތުން ރަށަށް ދަތުރުކުރުމަށްފަހުގައި، މި އިދާރާއިން ކަނޑައަޅާ ތަނެއްގައި 14 (ސާދަ) ދުވަސް ނުވަތަ މި އިދާރާއިން ކަނޑައަޅާ މުއްދަތަކަށް ކަރަންޓީންވުމާއި، މިމުއްދަތުގައި ކަރަންޓީންކުރެވިފައިވާފަރާތް ކަރަންޓީންކުރެވިފައިވާ ތަނުން ބޭރަށް ނުދިޔުން.
  2. ރަށަށް ދަތުރުކުރާފަރާތް ކަރަންޓީންކުރާނެ ތަނެއް މި އިދާރާ އަށް ހަމަޖެހިފައިނުވާ ޙާލަތުގައި، ކަރަންޓީނުގައި ހުންނާނެ ތަނެއް ރަށަށް ދަތުރުކުރާފަރާތުން އަމިއްލަ އަށް ހަމަޖައްސައި އެކަން މި އިދާރާ އަށް އެންގުން. މިގޮތުގެމަތިން ކަރަންޓީނުވުމަށް ހަމަޖައްސާ ތަނަކީ، އެތަނެއްގައި ދިރިއުޅޭ މީހުންގެ އިންސާނީ ކަރާމާތަށް އުނިކަން ނުލިބޭނެ، ސިއްހީ ގޮތުން ރައްކާތެރި އަދި ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަމުގައި ވާންވާނެއެވެ.
  3. މި އިދާރާގެ ހުއްދަ ލިބިގެން މެނުވީ ކަރަންޓީނުވާ ތަނުން މީހުން ބޭރަށް ނުކުތުމާއި އެތަނަށް އިތުރު ބަޔަކު ވަނުން މަނާވެގެންވެއެވެ. މި އުޞޫލުގެ 02 ވަނަ ނަންބަރުގެ ދަށުން ކަރަންޓީނުވާ ޙާލަތުގައި، ކަރަންޓީނުވާމީހާ ކަރަންޓީނުގެ މުއްދަތު ނިމުމާ ހަމައަށް އެތަނެއްގައި ދިރިއުޅޭ ބަޔަކު އެތަނުން ނުކުތުމަކީ މަނާކަމެކެވެ.
  4. ކަރަންޓީނުގައިވާ މީހާ ކަރަންޓީނުގައި ހުންނަ މުއްދަތުގައި، ކަރަންޓީނުގައި ހުންނަ މީހާ އަދި މި އުޞޫލުގެ 02 ވަނަ ނަންބަރުގައިވާ ފަދައިން އެތަނެއްގައި އިތުރު ބަޔަކު އުޅޭނަމަ އެބަޔަކު އެހެން އެއްވެސް މީހަކާ ބައްދަލުވުން މަނާވުން.
  5. ކަރަންޓީނުގައި ހުންނަ މުއްދަތުގައި ކަރަންޓީނުގައި ހުންނަ މީހާ އަށް ނުވަތަ މި އެންގުމުގެ 02 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކަރަންޓީނުވެފައިވާނަމަ އެ ތަނަކަށް ބޭނުންވާނެ ކާބޯތަކެއްޗާއި އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ޟަރޫރިއްޔާތަށްޓަކައި ބޭނުންވާ އެހެނިހެން ތަކެތި މި އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން ހޯދުން.
  6. މި އެންގުމުގެ 02 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކަރަންޓީނުވާ ޙާލަތުގައި، ރަށަށް ދަތުރުކުރާ ފަރާތުން، ރަށަށް ދަތުރުކުރުމުގެ ކުރިން، އަންނަނިވި މަޢުލޫމާތުތައް ލިޔުމުން މި އިދާރާ އަށް ފޯރުކޮށްދޭންވާނެއެވެ.

ހ- ކަރަންޓީންވާ ތަން ނުވަތަ އެޑްރެސް

ށ- ކަރަންޓީނުވާ ތަނުގައި ކައިބޮއި، ނިދާ، ދިރިއުޅޭ މީހުންގެ ފުރިހަމަ މަޢުލޫމާތު

ނ- ކަރަންޓީނުވާ ތަނުގައި ކަރަންޓީނުވުމުގެ އިޢުތިރާޟެއް ނެތްކަމަށް، ކަރަންޓީންވާ ތަނުގެ ވެރިފަރާތުން ސޮއިކޮށްފައިވާ ލިޔުން

  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                              03 ޝައްވާލް 1441

26 މޭ 2020