މަސައްކަތް
ނަންބަރު: (IUL)13-K/13/2020/146
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2020
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 21 ޖޫން 2020 21:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް (ފޭސް 2)ގެ ދަށުން ޕްރޮޖެކްޓް މެނޭޖްމަންޓް، ޑިޒައިން އެނޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން ކޮންސަލްޓަންޓް (ފާރމް)އެއް ހޯދުމުގެ މަސައްކަތް

 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު   

 

ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް (ފޭސް 2)ގެ ދަށުން ޕްރޮޖެކްޓް މެނޭޖްމަންޓް، ޑިޒައިން އެނޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން ކޮންސަލްޓަންޓް (ފާރމް)އެއް ހޯދުމުގެ މަސައްކަތް

 

1. ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އަދި އެހެން މަލްޓި ޑޯނަރސް ދިނުމަށް ހަމަޖެހިފައިވާ ފައިސާއިން  ހިންގުމަށް ހަމަޖެހިފައިވާ ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް (ފޭސް 2)ގެ ދަށުން ޕްރޮޖެކްޓް މެނޭޖްމަންޓް، ޑިޒައިން އެނޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން ކޮންސަލްޓަންޓް (ފާރމް) – ފޭސް 2 ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

 

2. މިމަސައްކަތުގެ މައިގަނޑު މަޤުޞަދަކީ ޕްރޮޖެކްޓްގެ ކޮންޕޯނަންޓްތައް ހާސިލްކުރުމަށް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ވޭސްޓް ޓު އެނަރޖީ ފެސިލިޓީ އޮޕަރޭޓް ކުރަން ފެށުމުގެ ކުރިން އަކަމަށް ބޭނުންވާ ތަމްރީނުތައް ދިނުމެވެ.

 

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝާރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖްރިބާ، މަސައްކަތަށް ހުށަހާޅާ ފަރާތްތަކަށް ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މަޢްލޫމާތު) ހުށަހަޅަން ވާނެއެވެ.

 

4. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، އޭ،ޑީ.ބީގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އޭ.ޑީ.ބީ ބޮރޮވަރސް (2017)" އާއި އެއްގޮތަށް ކުއަލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުޞޫލުންނެވެ.

 

5. މަސައްކަތާއި ގުޅޭ މަޢްލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ޕްރޮކިއުމަންޓް އެގްޒެކެޓިވް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން    : (+960) 3349106   

އީމެއިލް  : [email protected]

ކޮޕީ    : [email protected]

 

6. މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަންވާނީ، އޭ.ޑީ.ބީ ކޮންސަލްޓަންޓް މެނޭޖްމަންޓް ސިސްޓަމް (ސީ.އެމް.އެސް) – ކޮންސަލްޓިންގް ސަރވިސަސް ރެކްރޫޓްމަންޓް ނޯޓިސް (ސީ.އެސް.އާރ.އެން) ވެބަސައިޓް (http://csrn.adb.org) މެދުވެރިކޮށެވެ. އަދި ހާޑް ކޮޕީ އާއި މިނޫން ގޮތަކަށް ހުށަހެޅޭ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ބަލައެއްނުގަނެވޭނެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖޫން 2020ގެ ނިޔަލަށް، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް މަތީގައި ބަޔާންކުރެވިފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ.

23 މޭ 2020