މަސައްކަތް
ނަންބަރު: K5C-A/2020/09
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2020
ޕަބްލިޝްކުރި ގަޑި: 17:31
ސުންގަޑި: 04 ޖޫން 2020 11:00
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

          މ. މުލި،

          ދިވެހިރާއްޖެ.

                                                                  ނަންބަރު:K5C-A/2020/09

އިޢުލާން

މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން މި ކޯޓުން ކުރި ނަންބަރު: K5C-A/2020/07 (14 މޭ 2020) އިޢުލާނާ ގުޅިގެން، އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެ ކަމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ޤާބިލު ފަރާތްތަކުން 31 މޭ 2020 ވާ އާދިއްތަ ދުވަހުގެ 11:00އަށް މިކޯޓަށް ނުވަތަ މ.ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

  • އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 04 ޖޫން 2020 (ބުރާސްފަތި)
  • އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
  • އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މ.މުލީ މެޖިސްޓްރޭޓް ކޯޓު ނުވަތަ މ.ދިއްގަރު މެޖިސްޓްރޭޓް ކޯޓު

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު، އެބޭފުޅަކު ތަމްސީލުކުރައްވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭފަދަ ރަސްމީ ލިޔުމަކާއި، ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

28 ރަމަޟާން 1441

21 މޭ 2020

21 މޭ 2020