ދިވެހިރާއްޖެ
1441ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (COVID-19) ދިވެހިރާއްޖޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދިޔުމާއި ގުޅިގެން މިބަލިން ރައްކާތެރިވުމުގެ ގޮތުން 1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ރަސްމީކޮށް ބަލައިގަތުން ހަމަޖެހިފައިވަނީ 02 ރަމަޟާން 1441 (25 އެޕްރީލް 2020) ވާ ހޮނިހިރު ދުވަހުން ފެށިގެން 27 ރަމަޟާން 1441 (20 މޭ 2020) ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ތިރީގައި މިދަންނަވާ ކައުންސިލްގެ ބޭންކް އެކައުންޓަށް ފައިސާ ޓްރާންފަރކޮށްގެންނެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެޢަދަދަށްވާ އަގެވެ.
ފިޠުރު ޒަކާތަށް މީހަކަށް ދައްކަންޖެހޭ ޢަދަދު ތިރީގައި މިވަނީ :
ބާވަތް |
ރޭޓް |
ޓްރާންސްފަރ ސްލިޕްގެ ރިމާރކްސް(ތަފްޞީލުގެ) ގޮތުގައި ބޭނުންކުރާނެ ކޯޑްތައް. |
އާދައިގެ ހަނޑޫ |
-/12ރ |
AH |
ތައިލެންޑް ހުދު ހަނޑޫ |
-/48ރ |
TH |
ބާސްމަތީ ހަނޑޫ |
-/60ރ |
BH |
ރަތް ހަނޑޫ |
-/72ރ |
RH |
އާދައިގެ ގޮދަންފުން |
-/9ރ |
AF |
އާޓާ ފުށް |
-/53ރ |
AT |
ފައިސާ ޓްރާންސްފަރ ކުރައްވާއިރު، ޓްރާންސްފަރ ސްލިޕްކޮޅުގެ ރިމާރކްސް (ތަފްޞީލު) ގައި ފައިސާދެއްކި ފަރާތް، ގޭބިސީގެ ނަން، ފައިސާ ދެއްކި ބާވަތް އަދި ފައިސާ ދައްކަވަން ބޭނުންފުޅުވާ މީހުންގެ ޢަދަދު އެގޭނެހެން ލިޔުމަށްފަހު ތިރީގައިވާ ނަންބަރަށް ސްލިޕް ވައިބަރ ކޮއްދެއްވުން އެދެމެވެ.
ފައިސާ ޓްރާންސްފަރ ކުރަންޖެހޭ އެކައުންޓް ނަންބަރާއި އ/ކ.ގެ ނަން:7710700379004 (1467-ޚަރަދު-2 )
- ސްލިޕް ވައިބަރ ކުރަންޖެހޭ ނަންބަރު: 9717107
- އެންމެ ބާވަތަކަށް ފައިސާ ދައްކަން ބޭނުންފުޅުވާނަމަ (މިސާލަކަށް އާދައިގެ ހަނޑުލުން -/12ރ ގެ މަގުން 01 މީހަކަށް ފައިސާ ދައްކާނަމަ) ޓްރާންސްފަރ ސްލިޕްގެ ރިމާރކްސްގެ ގޮތުގައި ފައިސާ ދެއްކި ފަރާތުގެ ނަމާއި ފައިސާ ދައްކަވަން ބޭނުންފުޅުވާ ގޭބިސީގެ ނަން ލިޔުމަށްފަހު “AH01” މިގޮތަށް ލިޔަންވާނެއެވެ.
- އެއްބާވަތަށްވުރެގިނަ ބާވަތްތަކުން ފައިސާ ދައްކަން ބޭނުންފުޅުވާނަމަ (މިސާލަކަށް އާދައިގެ ހަނޑުލުން -/12ރ ގެ މަގުން 01 މީހަކަށް އަދި ބާސްމަތީ ހަނޑުލުން -/60ރ ގެ މަގުން 01 މީހަކަށް ފައިސާ ދައްކާނަމަ) ޓްރާންސްފަރ ސްލިޕްގެ ރިމާރކްސްގެ ގޮތުގައި ފައިސާ ދެއްކި ފަރާތުގެ ނަމާއި ފައިސާ ދައްކަވަން ބޭނުންފުޅުވާ ގޭބިސީގެ ނަން ލިޔުމަށްފަހު “AH01, BH01” މިގޮތަށް ލިޔަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.