ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2020/43
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 01 ޖަނަވަރީ 1970 05:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 އާއި ގުޅިގެން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކާއި ގުޅޭ

ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް 19 ޖެހިފައިވާ މީހުން މާލެއިން ފެނިފައިވުމާއެކު، ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ތިރީގައިވާ ކަންކަން ކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.

  1. ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އިހަވަންދޫއަށް މީހަކު ދަތުރުކުރަން ބޭނުންވާނަމަ، އެކަން ދަތުރުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ، 48 ގަޑިއިރު ކުރިން ޓާސްކް ފޯސް ހޮޓްލައިން ނަންބަރު 7750013 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުން.
  2. ރާއްޖޭގެ އެހެން ރަށަކަށް އިހަވަންދޫއިން އެއްވެސް ފަރާތެއް ދަތުރުކުރާނަމަ، ޓާސްކްފޯސް މޮނިޓަރިން މޭޒުގައި ނަންނޯޓްކުރުން.
  3. ރަށަށް އަރާ ފޭބުމުގައި، އެކަމަށް ހާއްސަ ކުރެވިފައިވާ ބަނދަރުގެ އެންމެ އިރުމަތީ ސިޑި ބޭނުންކުރުން. އެސަރަހައްދު ވަކިން ފާހަގަ ކުރެވިފައިވާނެ.
  4. މީހުން އެއްވެއުޅުމާއި، ގްރޫޕްހަދައިގެން ރަށުގެ މަގުމަތީގައި ނޫޅުން. އެފަދައިން ޢަމަލުކުރާ ފަރާތްތަކަށް އޮންނަ އުސޫލުގެ ތެރެއިން ނަސޭހަތްތެރި ވެވޭނެ.

އެހެންކަމުން، ކޮވިޑް 19 އާއި ގުޅިގެން، ކުރުމަށް އަންގާފައިވާ މަތީގައިވާ ކަންކަމަށް ރައްޔިތު އެންމެހާ ބޭފުޅުން ފުރިހަމައަށް ޢަމަލުކުރުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

16 އޭޕްރިލް 2020