ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-I2(b)/IUL/2020/061
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 16 އޭޕްރިލް 2020 16:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މިސަރވިސްގައި ބޭނުންކުރަމުންދާ ވެހިކަލްތަކަށް ބޭނުންވާ ފިލްޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

ޕްރޮޖެކްޓް ނަމްބަރު:

PC-171/2020/W-L024

އިއުލާން ނަމްބަރު:

171-I2(b)/IUL/2020/061

 

.ބީލަން ހުށަހެޅުމުގެ ދަޢުވަތު.

  1. މިސަރވިސްގައި  ބޭނުންކުރަމުންދާ   ވެހިކަލްތަކަށް   ބޭނުންވާ   ފިލްޓަރ   ސަޕްލައިކޮށްދޭނެ  ފަރާތެއް  ހޯދަން  ބޭނުންވެއެވެ. ވީމާ،  މި ފިލްޓަރ  ސަޕްލައިކޮށްދޭނެ  ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިސަރވިސްގެ ޢިއުލާން ނަމްބަރު 171-I2(b)/IUL/2020/021 އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް، މިމަސައްކަަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: ަ[email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
  3. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 2020  އޭޕްރީލް 16 ވަނަ ދުވަހުގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން 2020 އޭޕްރިލް 19 ވަނަ ދުވަހުގެ 11:00 ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 2020 އޭޕްރީލް 29 ވަނަ ދުވަހުގެ 11:00 ގައި އިސްކަންދަރު ބިލްޑިންގ 01 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  6. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  7. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2020 އޭޕްރީލް 16 ދުވަހުގެ 23:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
  8. މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު ކަރުދާސްތައް ބިޑް ރެޖިސްޓްރޭޝަން ސްލިޕާއި އެކު މެެއިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.
  • ޕްރޮކިއުމަންޓް ޔުނިޓް
  • މޯލްޑިވްސް ޕޮލިސް ސަރވިސް
  • އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
  • ފޯން: 9790052
  • އީ-މެއިލް: [email protected]
  • ކޮޕީ: [email protected]

 

13  އޭޕްރިލް 2020

 

 

 

 

 

 

13 އޭޕްރިލް 2020