ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-LES/1/2020/80
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 1815
ސުންގަޑި: 11 މޭ 2020 1400
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަރުކާރު ބަންދު ކުރެވިފައިވާ މުއްދަތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމުން ދެވޭ ޚިދުމަތާ ބެހޭ

ޢިއުލާން

ސަރުކާރު ބަންދު ކުރެވިފައިވާ މުއްދަތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމުން ދެވޭ ޚިދުމަތާ ބެހޭ 

 މި މިނިސްޓްރީން 2020 އޭޕްރީލް 02 ވަނަ ދުވަހު ކޮށްފައިވާާ ޢިއުލާން ނަންބަރު: IUL)101-LES/1/2020/77) އަށް ހަވާލާދީ ދަންނަވަމެވެ.

 ސަރުކާރު ބަންދު ކުރައްވާފައިވާ މުއްދަތު 2020 އޭޕްރިލް 16 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވާފައިވާތީ، މި މިނިސްޓްރީން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ކޯޓާގެ މުއްދަތު އިތުރުކުރުމުގެ ޚިދުމަތާއި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުމުގެ ޚިދުމަތާއި ވަޒީފާ ދޭފަރާތް ބަދަލުކުރުމުގެ ޚިދުމަތް ހަފްތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު، 2020 އޭޕްރިލް 12 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ހުޅުވުމާހަމައަށް ހެނދުނު 10:00 އިން މެންދުރު 12:00 އަށް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން އާއްމުކޮށް އަންގައި އިއުލާން ކުރަމެވެ.

2020-04-11