ޢާންމު މަޢުލޫމާތު
ނަންބަރު: 60-ADM/2020/99
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 23:36
ސުންގަޑި: 30 އޭޕްރިލް 2020 12:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ރާއްޖޭގެ ދަނޑުވެރިން ހައްދާ ކާބޯތަކެތި އެސްޓީއޯ އަށް ގަތުމާބެހޭ

 

ރާއްޖޭގެ ދަނޑުވެރިން ހައްދާ ކާބޯތަކެތި އެސްޓީއޯ އަށް ގަތުމާބެހޭ

ރާއްޖޭގައި ދަނޑުވެރިން ހައްދާ ކާބޯތަކެތީގެ ބާވަތްތައް އެސްޓީއޯއިން ގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މިފަދަ ތަކެތި އެސްޓީއޯއަށް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން އެސްޓީއޯއިން މިކަމަށް ކަނޑައަޅާފައިވާ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތީން މިކަމަށް ހެދިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ ހުށަހެޅުއްވުމުން، ދެފަރާތުގެ މެދުގައި އެއްބަސްވުމެއްހެދި، އެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ވިޔަފާރީގެ މުޢާމަލާތް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން  'ރާއްޖޭގައި ހައްދާ ކާބޯތަކެތި އެސްޓީއޯ އިން ގަތުމުގެ ގަވާއިދު' އަދި މިކަމަށް ބޭނުންވާ " އެސްޓީއޯ އެގްރިސެންޓަރ ރަޖިސްޓްރޭޝަން ފޯމް" އެސްޓީއޯ ގެ ރަސްމީ ވެބްސައިޓް (އެސްޓީއޯ.އެމްވީ) އިންނާއި، އަދި އަތޮޅުތަކުންނަމަ އެރަށެއްގައި ހުންނަ އެސްޓީއޯ ގެ ފިހާރަ ނުވަތަ އެސްޓީއޯގެ ފާމަސީ އިން 02 އޭޕްރީލް 2020 އިން ފެށިގެން ލިބެން ހުންނާނެވާހަކަ އިޢުލާން ކުރީމެވެ.

 

 09 ޝަޢުބާން 1441 

02 އޭޕްރިލް 2020 

02 އޭޕްރިލް 2020