މަސައްކަތް
ނަންބަރު: (IUL)363-PRJ/PRIV/2020/4
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 28 މާރިޗު 2020 13:00
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނޑޫ، ހަކުރު، ފުށް، އަދި ގޭސް ވިއްކައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ހަނޑޫ، ހަކުރު، ފުށް، އަދި ގޭސް ވިއްކައިދޭނެ ފަރާތެއް ހޯދުން

ވޭވަށުގައި ހަނޑޫ، ހަކުރު، ފުށް އަދި ގޭސް ވިއްކައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

 ވުމާއިއެކު ދެންނެވިގޮތަށް ވޭވަށުގައި ހަނޑޫ، ހަކުރު، ފުށް އަދި ގޭސް ވިއްކައިދޭން ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރަޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

25  މާރިޗް   2020 އިން       28 މާރިޗް 2020 އަށް

10:30

އަންދާސީ ހިސާބު ބަލައިގަތުން

28 މާރިޗް 2020

ހޮނިހިރު

13:00

 

މަޢުލޫމާތު ސާފުކުރުމަށް ކައުންސިލް އިދާރާގެ ނަމްބަރ 6720035  ފޯނާއި 7595939 = 9757801 މޯބައިލް ނަންބަރ އާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. ޕްރަޕޯސަލް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ ޕްރަޕޯސަލް ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށުގައި ކާޑުގެބާވަތްތަކާއި ގޭސް ވިއްކުން" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ ޕްރަޕޯސަލް ބާތިލްކުރުމުގެ އިހުތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ޕްރަޕޯސަލް ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. ޕްރަޕޯސަލް ހުޅުވުމުގައި ޕްރަޕޯސަލް ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ. މިއިޢުލާނާއި އެކު މަސައްކަތުގެ ޕްލޭން އާއި ޕޮއިންޓް ދެވޭނެ އުސޫލު ހިމެނިފައި އެވަނީއެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

  1. ހުށަހެޅޭ އެންމެ ދަށް އަގަށް %60 (އަގުހުށަހެޅިފައިވާ ތަރުތީބުން ޕޮއިންޓްދިނުން)
  2. ގުދަންކުރާ ތަނުގެ ފެންވަރަށް %20 (ހުށަހެޅޭ އިމާރާތްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އިމާރާތަކަށް އެންމެގިނަޕޮއިންޓްދިނުން)
  3. ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް (ވިޔަފާރި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދިނުން)
  4. ހުށަހަޅާ އެންމެ ރަންގަޅު ހުށަހެޅުމަކަށް (ޕްރަޕޯސަލްގައި އިތުރު އަގަކާއިނުލާ ކޮށްދެން ހުށަހަޅާފައިވާ ކަންކަމަށްބަލާ އެންމެ ގިނަ ހުށަހެޅުމަށް އެންމެގިނަ ޕޮއިންޓްދިނުން)

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ހަނޑޫ ހަކުރު، ފުށް، އަދި ގޭސް ރަށަށް ބޭނުންވާ އަދަދު ކަނޑައަޅާ އެތަކިތި ވޭވަށު ބަނދަރާއި ހަމައަށް ފޯރުކޮށްދޭނީ ވޭވަށު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.
  • ހަނޑޫ ހަކުރު ފުށް އަދި ގޭސް ވިއްކައިދިނުމަށް ޕްރަޕޯސަލް ހުށަހަޅާ ފަރާތްތަކުން މިތަކެތި ވިއްކަންވާނީ ވޭވަށު ކައުންސިލުން ހެދިފައިވާ ކޮންޓްރޯލެއްގެ ދަށުންނެވެ.
  • ކާޑުގެ ބާވަތްތައް ގުދަނުގައި ބެހެއްޓުމުގައި މުށިތައްމަތީގައި ނުވަތަ ތަލުންގަނޑުމަތީގައި ޕެލެޓް ނުވަތަ މިފަދަ އެހެން ވަސީލަތެއްކަމުގައިވީނަމަވެސް އަޅަން ވާނެއެވެ.
  • ހަނޑޫ ހަކުރު ފުށް، އަދި ގޭސް ކައުންސިލުން ބަނދަރަށް ގެނެސްދިނުމުން ބަނދަރުން ގެންދަންވާ ތަނަކަށް ގެންދިއުމުގެ އުފުލުމުގެ ޚަރަދު ހުށަހަޅާ ޕްރަޕޯސަލްގައި ވަކިން އެނގެން އޮންނަން ވާނެއެވެ.
  • ކާޑުގެ ބާވަތްތައް ވިއްކައިދޭ ފަރާތުން ވިއްކައިދޭނީ ފައިދާގެ ކިތައްޕަސެންޓް ދިނުމުންކަން ހުށަހަޅާ ޕްރަޕޯސަލްގައި ވަކިން އެނގެން އޮންނަން ވާނެއެވެ.
  • ހުށަހަޅާ ޕްރަޕޯސަލް އިން ކާމިޔާބުކުރާ ފަރާތަކުން ކާޑުގެ ބާވަތްތައް ވިއްކަންވާނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލް އަގަށެވެ.
  • ޕްރަޕޯސަލް ހުށަހަޅާ ފަރާތަކަށް މިމަސައްކަތް ހަވާލުކުރެވޭނީ އެއްއަހަރު ދުވަހުގެ މުއްދަތަށެވެ.
  • ކާޑުގެ ބާވަތްތަކާއި ގޭސް ވިއްކައިދިނުމަށް ޕްރަޕޯސަލް ކާމިޔާބުކުރާ ފަރާތަކުން ކާޑު ނުވަތަ ގޭސް މަދުވުމުން ގެންނަން އަންގަންޖެހޭ އުސޫލެއް ކައުންސިލުން ކަނޑައަޅަން ވާނެއެވެ.
  • ކާޑު ވިއްކުމުގައި ކާޑުގެ ބާވަތްތައް ބަހެއްޓުމަށް ކަނޑައަޅާ ތަން ބަޔާންކުރަންވާނެއެވެ. އަދި އެތަނަކީ ކައުންސިލުން ބަލާ މީދާފަދަ ތަކެތި ނުވަދެވޭގޮތަށް ހުރިތަނެއްކަން ކައުންސިލުން ކަށަވަރު ކުރަން ޖެހޭނެއެވެ.
  • ކާޑު ވިއްކުމަށްޓަކާ ބޭނުންކުރަންޖެހޭ ތަކެތި ހޯދުމަކީ ކާޑު ވިއްކައިދޭ ފަރާތުގެ ޒިންމާއެކެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

25 މާރިޗު 2020