މަސައްކަތް
ނަންބަރު: (IUL)235-ADS/235/2020/6
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 1031
ސުންގަޑި: 06 އޭޕްރިލް 2020 1100
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ މަސައްކަތް ކޮށްދިނުމާއި ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ކޮށްފައިވާ ނަމްބަރ: (IUL)235-CA/235/2020/4 (18 ފެބުރުވަރީ 2020) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

        މި އިދާރާގެ "ކަށަވަރު" ދޯނި ކުއްޔަށްދީފައިވާ ފަރާތުން އެއްބަސްވުމާ ހިލާފުވެ ކުލިނުދައްކާ އޮތުމުންނާއި، ކޯޓު އަމުރާ އެއްގޮތަށް ދޯނި މި ކައުންސިލާއި ހަވާލު ނުކުރުމުން މިކައުންސިލަށް ލިބުނު ގެއްލުމުގެ ބަދަލުފައިސާ ޞަރީއަތް މެދުވެރިކޮށް ހޯދުމުގައި ޤާނޫނީ ވަކީލެއްގެ ޚިދުމަތް ބޭނުންވެއެވެ. ވީމާ މި ޚިދުމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެފަރާތްތަކުގެ ވަނަވަރައި ޤާނޫނީ ދާއިރާއިން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި މަސައްކަތްކޮށް ދިނުމަށް ހުށައަޅާ އަގު އެނގޭނޭގޮތަށް 06 އޭޕްރިލް 2020 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ތިރީގައި މިވާކަންކަމަށް ބެލެވޭނެއެވެ.

 

#

ތަފްޞީލް

މާކްސް

01

މަސައްކަތް ކޮށްދިނުމަށް ހުށައަޅަނީ ލޯފާމަކުން ނަމަ

25

02

މަސައްކަތް ކޮށްދިނުމަށް ހުށައަޅަނީ ވަކީލެއް ނަމަ

20

03

މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތުގެ ތަޖްރިބާއަށް

30

04

މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު

25

 

ޖުމްލަ މާކްސް

100

މައުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ނަންބަރު 6700502 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

2020-03-18