ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2020/27
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 25 މާރިޗު 2020 14:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ - އައިޔޫއެމް ހދ.ހަނިމާދޫ ލަރނިންގ ސެންޓަރ

ވަޒީފާގެ ފުރުސަތު 

ނަންބަރު:IUMH-AD/I/2020/27

މަޤާމު:

ސެކިއުރިޓީ އޮފިސަރ

 ބޭނުންވާ ޢަދަދު : 2

މުސާރަޔާއި އިނާޔަތްތައް:

  • އަސާސީ މުސާރަ : 4000.00
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް 50.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކަށް 1200.00 ރުފިޔާ
  • ފޯނު އެލަވަންސް: މަހަކަށް 100.00 ރުފިޔާ
  • އިތުރު ގަޑީގައި މަސައްކަތް ކުރާކަމުގައިވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި.ޔޫ.އެމް ލަރނިންގ ސެންޓަރ  - ހދ. ހަނިމާދޫ

މަޤާމުގެ ޝަރްޠުތައް:

  1. ލިޔަންކިޔަން އެގުން. (އިންޓަރވިއު ކުރާއިރު މިބައި ޓެސްޓު ކުރެވޭނެއެވެ.)
  2. އުމުރުން  18 އަހަރާއި 45 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން
  3. ސިއްހީގޮތުންނާއި ނަފްސާނީގޮތުން ޝިފްޓް ޑިއުޓީގައި ސެކިއުރިޓީގެ މަސައްކަތްކުރެވޭ މީހަކު ކަމުގައިވުން
  4. ހީވާގި މުރާލިކަމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން
  5. ނަޒާހަތްތެރި ރަގަޅު އަޚްލާގެއްގެވެރި މީހަކަށްވުން

މަޤާމުގެ މަސްއޫލިއްޔަތު:

1. ކެމްޕަހުގެ ސެކިއުރިޓީ ޑިއުޓީ އުސޫލުން ބެލެހެއްޓުން.

2. ޑިއުޓީކުރަންޖެހޭ އިމާރާތާއި، ގޯތިތެރެއާއި، އެ ސަރަހައްދުގައިވާ ތަކެތި ބެލެހެއްޓުން.

3. ޑިއުޓީކުރަންޖެހޭ އިމާރާތުގައ ހުންނަ އޮފީހުގެ ޚިދުމަތް ހޯދަން އަންނަ މީހުން ފިޔަވައި އެހެންމީހުން، ކަމާބެހޭ ވެރިއެއްގެ ހުއްދައެއްނެތި އެތަނަށް ނުވެއްދުން.

4. އިމާރާތާއި ގޯތިތެރެ ހަމަޖެހިފައި އޮންނަ އުސޫލުން ދިއްލައި ނިއްވުން.

5. ސެކިއުރިޓީ އޮފިސަރުންގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުޅުވައި ލެއްޕުން.

6. ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ގަވާއިދުން ރިޕޯޓްކުރުން.

7. އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުން.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިއުކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަގާމަށް ޝަރުތުހަމަވެގެން ހޮވޭ ކެންޑިޑޭޓަކު ފުރަތަމަ މަސައްކަތްކުރާނީ 3 މަސްދުވަހުގެ ޕްރޮބޭޝަން (ވަގުތީ) މަގާމެއްގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  މަގާމަށް އެކަށީގެންނުވާނަމަ، އެމީހަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.
  • ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ހަނިމާދޫ ސްކޫލުން އަދި ކައުންސިލުން ލިބެން ހުންނާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ
  • ވަޒީފާއަށް އެދި ފޯމު ހުށަހަޅާނީ ހަނިމާދޫ ސްކޫލަށް ނުވަތަ ކައުންސިލުގެ އިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް [email protected] އަށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
  • އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 25 މަރޗް 2020 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ހެނދުނު 08:00 އާއި މެންދުރު 14:00 އާއި ދެމެދު 3022161 އަށް ގުޅުއްވުން އެދެމެވެ.

 

                            17 މަރޗް 2020

17 މާރިޗު 2020