ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)247-CA/247/2020/32
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 2214
ސުންގަޑި: 24 މާރިޗު 2020 1300
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖެޓީ ޕޯސްޓް އޮފިސަރ (ޝިފްޓް ޑިއުޓީ)

އިޢުލާން

މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމު

(ޖެޓީ ޕޯސްޓް އޮފިސަރ (ޝިފްޓް ޑިއުޓީ

މަޤާމުގެ ނަންބަރު:

HCS023

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (31 ޑިސެމްބަރ 2020 ގެ ނިޔަލަށް)

މަޤާމުގެ ރޭންކް:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާ / ހއ. ހޯރަފުށި

 މުނިސިޕަލް ސަރވިސް ޔުނިޓް

މުސާރާއި އެލަވަންސް:

އަސާސީ މުސާރަ: -/2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް: -/1,175 (އެއްހާސް އެއްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ (މަހަކު)

މުސަރާއި އެލަވަންސް އިން އުނިކުރެވޭ ގޮތް:

 • މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 122.50 (އެއްސަތޭކަ ބާވީސް ރުފިޔާ / ފަންސާސް ލާރި) އުނިކުރެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު:

 • ދަންފަޅި އުޞޫލުން ދުވާލަކު 6 ގަޑިއިރު

ދަންފަޅި 1: 06:00 އިން 12:00 އަށް

ދަންފަޅި 2: 12:00 އިން 18:00 އަށް

ދަންފަޅި 3: 18:00 އިން 00:00 އަށް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ބަނދަރަށް ލަފާ އުޅަނދުތަކާއި ފުރާ އުޅަނދުތަކުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
 2. ބަނދަރުގައި އޮޑިފަހަރު އަޅާ ނާޅާގޮތް ބަލައި އިންތިޒާމްކޮށް އުޅަނދު ފަހަރު ތަރުތީބުކުރުން.
 3. އޮޑިފަހަރު އެޅުމަށް ޙާއްޞަކުރެވިފައިވާ ސަރަޙައްދުތަށް ފިޔަވާ އެހެން ސަރަޙައްދުތަކުގައި އޮޑި ފަހަރު އެޅުން ހުއްޓުވުން.
 4. ފެންހޮޅި ބޭނުންކުރުން ބެލެހެއްޓުން.
 5. އަރާފޭބުމަށް ޙާއްޞަކުރެވިފައިވާ ސަރަޙައްދުތަކާއި، މުދާ އަރުވާ ބޭލުމަށް ޙާއްޞަކުރެވަފައިވާ ސަރަޙައްދުތައް ބެލެހެއްޓުން.
 6. ބަނދަރަށް އަރުވާ ބާލާ ތަކެތި ބަނދަރުގައި ބެހެއްޓުމުގެ ކަންކަން ބެލެހެއްޓުން.
 7. މުދާ އަރުވާ ބާލާ އުޅަނދުތައް މުދާ އަރުވާ ބޭލުމަށް ދީފައިވާ ގަޑިހަމަވުމުން، ސަރަޙައްދުން އުޅަނދު ނެގުމާއި ފީ ނަގަން ޖެހޭނަމަ ފީ ނެގުން.
 8. ބަނދަރަށް މުދާ އެރުވުމުއި ބޭލުމުގައި ބަނދަރަށް އެޅޭ ކުނި އެއުޅަނދަކުން ސާފުކުރުވުން.
 9. ބަނދަރު ކުނިކަހާ ސާފުކޮށް ބަލަހައްޓާ ފަރާތްތަކުގެ މަސައްކަތް ސްޕަވައިޒުކޮށް ބަނދަރުގެ ސާފުކަން ބެލެހެއްޓުން.
 10. ބަނދަރުގެ އެއްގަމު ތޮށްޓާއި ހުރަސްތޮށްޓަށް މަސް ކިރުވާ ބާލާ ހަދާ ފަރާތްތަކަށް ނަސޭޙަތްދީ ފިޔަވަޅު އެޅުން.
 11. ބަނދަރު ބެލެހެއްޓުމުގެ ޤަވާއިދާ އެއްގޮތަށް ފީނެގުމުގެ އިންތިޒާމް ހަމަޖައްސާ ސްލިޕް ދޫކުރުން.
 12. ފަޅުތެރޭގައި އުފެދޭ ކުނިބުނިތައް ސާފުކުރުމުގެ އިންތިޒާމް ހަމަޖައްސާ އެކަން ކުރުން.
 13. ބަނދަރުގައި ހުރި ފެން މުޑިތަކަށް ދިމާވާ މައްސަލަތައް ބަލާ ޙައްލު ކުރުން.

މަޤާމުގެ ޝަރުޠުތައް:

 •  ލިޔަންކިޔަން އެނގުން،

ނޯޓް:

*ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 6 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން ނުވަތަ އެމީހަކު ކިޔެވި ތަނަކުން/މަކްތަބަކުން ދޫކޮށްފައިވާ ލިޔުން ބަލައިގެންނެވެ.

އެހެނިހެން ޝަރުތުތައް:

 • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަދި ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
 • ފުލްޓައިމް ވަޒީފާއަދާ ކުރާ ފަރާތެއްކަމުގައި ނުވުން.
 • ފުލްޓައިމް ދަރިވަރަކަށް ނުވުން.
 • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭ ފަދަ ފަރާތެއްކަމުގައިވުން.
 • އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.
 • މިލާދީގޮތުން އުމުރުން 55 އަހަރު ވެފައިވާ މީހަކަށް ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
 4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
 6. ޕޮލިސް ރިޕޯޓް (ދޫކުރިތާ 03 މަސް ހަމަނުވާ) – ޕޮލިސް ރިޕޯޓް ހަމައެކަނި ހުށަހަޅަންޖެހޭނީ ވަޒީފާއަށް ހޮވޭ ފަރާތުން ވަޒީފާއަށް އައްޔަނުކުރާ ތާރީޚުން ފެށިގެން 1 (އެކެއް) މަސް ދުވަހު ތެރޭގައެވެ.

ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

25

10

15

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

35

35

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

50

50

ޖުމްލަ

185

100

100

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %30 (ތިރީސް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 މާރިޗް 24 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 މާރިޗް 24އާއި
2020 މާރިޗް 29 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޟީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު  6500012 ނުވަތަ 6500030 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ރަޖަބް 1441

2020-03-13