ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-L/1/2020/11
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 15:54
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީންގެ ވީޒާއަށް އެދޭއިރު ހުށަހަޅަންޖެހޭ މެޑިކަލް ރިޕޯޓާއި ގުޅޭ

ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ COVID-19 އާއި ގުޅިގެން 12 މާރިޗު 2020 ވަނަ ދުވަހު ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ވަނީ އިޢުލާނުކުރައްވާފައެވެ. އެހެންކަމުން، ދަތުރު ފަތުރުކުރުން މަދުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމުގެ ގޮތުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގެ ތެރޭގައި، ވާރކް ވީޒާ އަދި އެހެނިހެން ވީޒާތަކުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވީޒާ ދޫކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. އެހެން ނަމަވެސް، އަލަށް ވާރކް ވީޒާ އަދި އެހެނިހެން ވީޒާއަށް އެދި ހުށަހަޅާއިރު، މިހާރުވެސް ޢަމަލުކުރަމުންދާ ގޮތުގެ މަތިން މެޑިކަލް ރިޕޯޓު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މިއިދާރާގެ ފޯނު ނަންބަރު  9199153 އަށް ގުޅުއްވުމަށް ވެސް ދެންނެވީމެވެ.       

13 މާރިޗު 2020