ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E3/30/2020/48
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 14:52
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާން

ރާއްޖެއަށް ދިރޭ ޖަނަވާރު އެތެރެކުރުމާ ގުޅޭގޮތުން 5 ފެބުރުވަރީ 2020 ގައި މިމިނިސްޓްރީން ކޮށްފައިވާ އިޢުލާން ނަންބަރު

(IUL)30-E3/30/2020/23)، މިއިޢުލާންގެ ތާރީޚުން ފެށިގެން ބާޠިލުކުރިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

ނަމަވެސް މިދުވަސްވަރަކީ ގިނަ ޤައުމުތަކެއްގައި ދޫނިރޯގާ (Highly Pathogenic Avian Influenza) ފެތުރެމުންދާ ދުވަސްވަރަކަށްވުމާއެކު ދޫނިރޯގާ އުޅޭ ޤައުމުތަކުން ދޫނި އެތެރެކުރުމަކީ ރާއްޖެއަށް މިބަލި އެތެރެވުމަށް އޮތް ފުރުޞަތެއްކަމަށް ބެލެވޭތީ، ދޫނި ރޯގާއިން ރައްކާތެރިވުމަށް ދުރާލާ އަޅާ ފިޔަވަޅެއްގެ ގޮތުން މިބަލި އުޅޭ ޤައުމުތަކުން ދިރޭ ދޫނި އެތެރެކުރުމަށް ހުއްދަދިނުން ވަގުތީގޮތުން މެދުކަނޑާލިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ. އަދި ހުއްދަދޭން ފަށާނެ ތާރީޚެއް ފަހުން އިޢުލާންކުރާނެ ވާހަކަވެސް ދެންނެވީމެވެ.

12 މާރިޗު 2020