މަސައްކަތް
ނަންބަރު: (IUL)383/383/2020/21
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 18 މާރިޗު 2020 13:30
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ވިލުފުށީ ހިނަވާގެ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

މިރަށުގައި އިމާރާތްކުރަން ފަށާފައިވާ ހިނަވާގޭގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)383/383/2020/14 (10 ފެބްރުއަރީ 2020) އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ހަމަޔަށް ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލްކުރުމަށްފަހު ހިނަވާގެ އިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބީލަން ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ ބީލަންކަރުދާސް 2020 މާރިޗު 11 ވާ ބުދަ ދުވަހުގެ 09:00 ން ފެށިގެން 2020 މާރިޗު 18 ވާ ބުދަ ދުވަހުގެ 13:30 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަންކަރުދާހުގެ އަގަކީ -/500 (ފަސްސަތޭކަ ރުފިޔާ)އެވެ. މި އިޢުލާނާ ގުޅޭ ޕްރީބިޑް މީޓިންއާއި ބީލަން ހުށަހެޅުން އޮންނާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.

 

ތާރީޚް

ގަޑި

ދުވަސް

ތަން

ޕްރީ ބިޑް މީޓިންގ

19 މާރިޗު 2020

13:00

ބުރާސްފަތި

ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލް

ބީލަން ހުށަހެޅުމާއި ކެނޑުން

25 މާރިޗު 2020

13:00

ބުދަ

ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލް

މިމަސައްކަތް ކުރުމަށްއެދި ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.  

10 މާރިޗު 2020