ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)95-A/1/2020/16
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 09 މާރިޗު 2020 13:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ(ހައިކޯޓު އުތުރުގޮފި)

ނަންބަރު IUL)95-A/1/2019/46 ) ޑިސެންބަރު 2019) އިއުލާން ބާތިލްކޮށް، އިދާރީ އޮނިގަނޑުގައިވާ ގޮތުގެމަތިން އިސްލާޙްކޮށް އަލުން ޢިއުލާން ކުރަމެވެ.

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 16/IUL)95-A/1/2020

ތާރީޚް:02 މާރިޗު 2020

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: GS3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

 

މަސައްކަތްކުރަންޖެހޭ ތަން(ސެކްޝަން)

 

ދިވެހިރާއްޖޭގެ ހައިކޯޓު އުތުރުގޮފި (ހދ.ކުޅުދުއްފުށި)

އަސާސީ މުސާރަ

-/4465 ރުފިޔާ

 

މިމަޤާމަށް ލިބޭ އެލަވަންސް

 

- ޖުޑީޝަލް އެލަވަންސް: (އަސާސީ މުސާރައިގެ %45)

- ސަރވިސް އެލަވަންސް: 1,500/- ރުފިޔާ

- ލިވިންގ އެލަވަންސް: -/2850 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ‘ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

އެހެނިހެން ޝަރުތު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު) 2011ގެ 70 ވަނަ މާއްދާގެ ) ހ ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މި ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

   މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ކޯޓަށް ލިބޭ ތަކެތި ބަލައިގަތުމާއި، އެކަމާގުޅޭގޮތުން އަޅަންޖެގޭ ފިޔަވަޅުތައް އެޅުން.
  2. ސެކްޝަނުގެ މަސައްކަތްތަކުގެ ރެކޯޑް ބެލެހެއްޓުމާއި އެކި ލިޔުންތައް ފަސޭހައިން ފެންނާނެ ގޮތަކަށް ތަރުތީބުން ފައިލްކުރުމާއި ބެލެހެއްޓުން.
  3. ކޯޓަށް އަންނަ އާންމު ފަރާތްތަކާއި މުޢާމަލާތު ކުރުމާއި މަޢުލޫމާތު ދިނުމާއި ފޯންކޯލްތަކަށް ޖަވާބު ދިނުން.
  4. ލިއުންތައް ސްކޭންކޮށް އިލެކްޓްރޯނިކްކޮށް އާރކައިވް ކުރުން.
  5. ކޯޓުން ބޭއްވޭ ބައްދަލުވުންތައް އިންތިޒާމް ކުރުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިއުމާއި ބައްދަލުވުމުން ނިންމާ ކަންކަން ތަންފީޒުވޭތޯ ކަށަވަރު ކުރުން
  6. ކޮންމެ ދުވަހަކުވެސް ސެކްޝަން ޔައުމިއްޔާ ލިއުން.
  7. ކޯޓުން ބޭރަށް ފޮނުވަންޖެހޭ އެންމެހައި ތަކެތި ބޭރަށް ފޮނުވުމުގެ ކަންކަން ހަމަޖެއްސުން.
  8. ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރިޕޯރޓް ތައްޔާރުކުރުމާއި މުސާރަ ހެދުމަށް ބޭނުންވާ މަޢުލޫމާތުތައް ދިނުން.
  9. ކޯޓުތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތަކެއް މެއިންޓަނަންސް ސެކްޝަނާއި ގުޅިގެން ހަމަޖައްސުން.

10. ރިސެޕްޝަންގެ މަސައްކަތް ކުރުން. ކޯޓަށްލިބޭ ލިޔުންތައް ބަލައިގަތުމާއި، ކޮންމެދުވަހަކުވެސް އީ ގަވަރންމަންޓް މެއިލް ޗެކްކޮށް ސިޓީއެއް ނުވަތަ އެހެންވެސް ލިޔުމެއް ލިބިފައިވޭތޯ ބެލުމަށްފަހު ލިބިފައިވާ ހުރިހާ ލިއުމެއް ކަމާގުޅޭ ސެކްޝަންތަކާއި ޙަވާލްކުރުން. 

 

ތަޢުލީމީ ރޮނގު

އެޑްމިނިސްޓްރޭޝަން، ފައިނޭންސް/ ހިއުމަން ރިސޯސް މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ ފައިނޭންސް/ ހިއުމަން ރިސޯސް މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު) ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް(
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް، ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  5. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން (އަސްލާ އެއްގޮތްކަމަށް، ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  6. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް، ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  7. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް، ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

ސުންގަޑި

09 މާރޗް 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް (ތީމުގެ، އާބުރުޒުހިނގުން) އަށް ނުވަތަ ހދ.ކުޅުދުއްފުށި، ހައިކޯޓު އުތުރު ގޮތްޕަށް ހުށަހަޅަންވާނެއެވެ.

 

 

 

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.

މި މަޤާމަށް މީހުން ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހުންނަށް އިސްކަން ދެވޭނެއެވެ.

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

02 މާރިޗު 2020