ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)233-CA/233/2020/9
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 08:24
ސުންގަޑި: 11 މާރިޗު 2020 13:30
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭޒޯން ލައިސަންސް ދިނުމަށް ބޭނުންވާ މެޝިނަރީ ހޯދުން

މި އިޢުލާނާއެކު ޢާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ދަންނަވާފައިވާ ސްޕެސިފިކޭޝަން ނުވަތަ އެއަށްވުރެން ރަނގަޅު ސްޕެސިފިކޭޝަނުގެ ތަކެތި މި އިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 2020 މާރޗް 06 ވަނަ ދުވަހުގެ 14:00ގެ ކުރިން، 6660606 ނަންބަރު ފޯނާ ގުޅުއްވައި އެކަމެއް ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ސުވާލު މެއިލްކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ، 2020 މާރޗް 11 ވާ ބުދަ ދުވަހުގެ 13:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.

އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ. ސިޓީއުރައިގެ ބޭރުގައި، މަސައްކަތަށް ދެވިފައިވާ ނަމާއި، އަންދާސީ ހިސާބު ހުޅުވަން ހަމަޖެހިފައިވާ ތާރީޚާއި ގަޑި އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.

ދީފައިވާ ސްޕެސިފިކޭޝަނަށް ނުފެތޭ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތަކާއި، އަންދާސީ ހިސާބާއެކު ހުށަހަޅަން ދަންނަވާފައިވާ ތަކެތި ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2020 މާރޗް 11 ވާ ބުދަ  ދުވަހުގެ 13:30ގެ ކުރިން އަންދާސީ ހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

27 ފެބުރުވަރީ 2020