ދިވެހިރާއްޖެ
އިޢުލާން ނަންބަރު: FNK-I/IUL/2020/061
އިޢުލާން
ތ. ވޭމަންޑޫ އިންޖީނުގޭގެ ޑެގްރޫމް ބޮޑުކުރުމާއި، ޗިމްނީ، ވޯކްޝޮޕް، ސްޓޯރ އަދި ޕޭންޓްރީ ޢިމާރާތް ކުރުމާއި ގުޅޭ:
މިކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް އަމިއްލަ ތަކެތީގައި ތ. ވޭމަންޑޫ ބްރާންޗުގައި އިންޖީނުގޭގެ ޑެގްރޫމް ބޮޑުކުރުމާއި، ޗިމްނީ، ވޯކްޝޮޕް، ސްޓޯރ އަދި ޕޭންޓްރީ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.
|
|
ތާރީޚް |
ވަގުތު |
|
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
3 އިން 5 މާރިޗު 2020 |
09:00 އިން 14:00 |
|
މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން) |
8 މާރިޗު 2020 |
14:00 މެންދުރު |
|
އަންދާސީ ހިސާބު ހުށަހެޅުން |
10 މާރިޗު 2020 |
10:00 ހެނދުނު |
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ވަގުތު ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.