ޢާންމު މަޢުލޫމާތު
ނަންބަރު: 36(IUL)468-LID/468/2020/
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 16:19
ސުންގަޑި:
05 މާރިޗު 2020 00:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮންޓެއިނަރ ގެ ވެރިފަރާތް ހޯދުމާއި ގުޅޭ
ފުނާޑު ޝައިނީ ގޯޅިއާއި އިންވެ އެއްމުލިމާގެ މަރްޔަމް އަޙްމަދަށް ދޫކޮށްފައިވާ ގޯއްޗާއި އިންވެގެން އޮތް ބިމުގައި ހުރި ކޮންޓެއިނަރ ގެ ސަބަބުން އެމަގުން ހިނގާމީހުންނަށާއި، ދުއްވާ ފަރާތްތަކަށް އުދަގޫވާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. ވީމާ މިކޮންޓެއިނަރ ގެ ވެރިފަރާތެއްވާނަމަ، އެފަރާތަކުން 05 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ ކުރީން މިދެންނެވި ކޮންޓެއިނަރ އެތަނުން ނެންގެވުން އެދެމެވެ.
ވީމާ މަތީގައި ދެންނެވިފައިވާ ތާރީޚަށް ކޮންޓެއިނަރ ނުނަންގަވައިފިނަމަ ކައުންސިލްގެ ފަރާތުން ކޮންޓެއިނަރ އެތަނުން ނަގައި ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.
26 ފެބުރުވަރީ 2020