ތަމްރީނު
ނަންބަރު: (IUL)141-L/141/2020/145
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 21:03
ސުންގަޑި: 29 ފެބުރުވަރީ 2020 14:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ރ. އުނގޫފާރުގައި ބާއްވަން ހަމަޖައްސާފައިވާ 'މަދަނީ ޖަމްޢިއްޔާތަކުގެ ކޮންފަރަންސް' އާއި ގުޅޭ

                               އިޢުލާން

ރ. އުނގޫފާރުގައި ބާއްވަން ހަމަޖައްސާފައިވާ 'މަދަނީ ޖަމްޢިއްޔާތަކުގެ ކޮންފަރަންސް' އާއި ގުޅޭ

ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރ. އަތޮޅު ކައުންސިލާއި މި މިނިސްޓްރީ ގުޅިގެން މި އަހަރުގެ މެއި މަހުގެ 2 ނުވަތަ 3 ވަނަ ހަފްތާގައި، ރ. އުނގޫފާރުގައި 'މަދަނީ ޖަމްޢިއްޔާތަކުގެ ކޮންފަރަންސް' އެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ކޮންފަރަންސްގައި ބައިވެރިވުމަށް ޖަމްޢިއްޔާތަކަށް ދަޢުވަތު ދެމުންދަނީ އީމެއިލް މެދުވެރިކޮށެވެ. އެހެންކަމުން، ދަޢުވަތު އީމެއިލް އަދި ލިބިފައިނުވާ، މިހާރުވެސް ޙަރަކާތްތެރިވަމުންދާ، ރ. އަތޮޅުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމްޢިއްޔާއެއް ވާނަމަ، މި މިނިސްޓްރީގެ [email protected]  އަށް އީމެއިލް އަކުން، 29 ފެބުރުވަރީ ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން އެކަން އެންގެވުން އެދެމެވެ.

ރ. އުނގޫފާރުގައި ރަޖިސްޓަރީވެފައިވާ ޖަމްޢިއްޔާތައް ނޫން އެހެން ޖަމްޢިއްޔާތަކުން ބައިވެރިވާ ފަރާތްތަކަށް ޖަމްޢިއްޔާ ރަޖިސްޓަރީ ކޮށްފައިވާ ރަށުން ފެށިގެން ރ. އުނގޫފާރާއި ދެމެދު ދެކޮޅު ދަތުރު ހަމަޖައްސައިދެވޭނެއެވެ. އަދި އެ ފަރާތްތަކަށް ކޮންފަރަންސް އޮންނަ ދުވަސްތަކުގައި ހުރުމާއި ކެއުމުގެ ޚަރަދު ބަލަހައްޓައި ދެވޭނެއެވެ.

މި ކަމާއިބެހޭ ގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، މި މިނިސްޓްރީގެ ފޯނު ނަންބަރު 3347387 އަށް ގުޅުއްވުން އެދެމެވެ.

25 ފެބުރުވަރީ 2020