ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-PU/22/2020/38
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 03 މާރިޗު 2020 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފައިލިންގ ސިސްޓަމެއް ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1 މިމިނިސްޓްރީއަށް 04 ފައިލިންގ ސިސްޓަމް ވިއްކުމަށްޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު: (IUL)22-PU/22/2020/24އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށްފެންނާތީ،  އެއިޢުލާން ބާތިލް ކުރުމަށްފަހު 3 ވަނަ ފަހަރަށް އިޢުލާން ކުރީމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ފެބްރުވަރީ 25 އިން 2020 ފެބްރުއަރީ 27 އަށް މިމިނިސްޓްރީގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020  މާރިޗް 01 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4 ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020  މާރިޗް 03 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާ ޕްރޮކިއުމަންޓް ސެކްޝަންގައެވެ.  

5 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341436, 3341403

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

30 ޖުމާދަލްއާޚިރާ 1441

24 ފެބުރުވަރީ 2020