ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HR/IU/2020/43
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 1116
ސުންގަޑި: 27 ފެބުރުވަރީ 2020 1430
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ސުޕަވައިޒަރ

އެސިސްޓެންޓް ސުޕަވައިޒަރ
މުނިސިޕަލް ސާރވިސަސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- ގްރޭޑް 8 ނިންމާފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލައިސެންސެއް ނުވަތަ ސަނަދެއް ހާސިލްކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:
ހުޅުމާލޭގެ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ސުޕަވައިޒްކުރުން

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ހުޅުމާލޭގެ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކުރުމާއި އެމުވައްޒަފުން ކަންތައްތައް މޮނިޓަރކޮށް ބެލެހެއްޓުން.
- ހުޅުމާލެ ސާފުކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ސެކްޝަންގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން މަސައްކަތްތައް ސެޑިއުލްކޮށް މުވައްޒަފުންނާއި މަސައްކަތް ހަވާލުކުރުން.
- ހުޅުމާލޭގެ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ބޭނުންވާނެ ސާމާނާއި ޓޫލްސްފަދަ ތަކެތި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހޯދުމާއި އަދި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.
- މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި ދިމާވާ އެކިކަހަލަ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރުމާއި އަދި މިފަދަ މައްސަލަތައް ސެކްޝަނުގެ އިސްވެރިޔާއަށް ރިޕޯރޓްކުރުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ސުޕަވައިޒަރީ ސްކްލިސް
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: 4400.00ރ އާއި 4900.00ރ ދެމެދު (އެލަވަންސްތަކާއެކު މަދުވެގެން 9800.00ރ އާއި 10800.00ރ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.)
....................................................................................................................................................................................

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯރމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މައި އޮފީސް:
ގްރައުންޑް ފްލޯރ، ރިޝެޕްޝަން އެޗް.ޑީ.ސީ ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް : 3335892

2020-02-23