ދިވެހިރާއްޖެ
އިޢުލާން
| 
 މަސްޖިދުއް ނުރޫ އަދި މަސްޖިދުއް ސަނިއްޔާ މަރާމާތުކުރުމާގުޅޭ  | 
މިއިދާރާއިން ދޭ މައުލޫމާތާއެއްގޮތަށް އަމިއްލަތަކެތީގައި މަސްޖިދުއް ނޫރު އަދި މަސްޖިދުއް ސަނިއްޔާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެވެ. ވީމާ، މި މަސައްކަތް ކޮށްދޭން ސައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބް ހުށަހެޅުމަށް ދެންނެވީމެވެ.
މިއިއުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީއޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014(ވިޔަފާރި ރަޖިސްޓްރީކުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު 19/2014 ( އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
| 
 
  | 
 ތަން  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 މައުލޫމާތު ސާފްކުރުން  | 
 ށ. ކަނޑިތީމު ކައުންސިލް އިދާރާ  | 
 26 ފެބްރުއަރީ 2020  | 
 ބުދަ  | 
 13:00  | 
| 
 އަންދާސީހިސާބު ހުށައެޅުން  | 
 ށ. ކަނޑިތީމު ކައުންސިލް އިދާރާ  | 
 05 މާރޗު 2020  | 
 ބުރާސްފަތި  | 
 13:00  | 
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތަކާއި ގަޑިޖެހުމަށްފަހު ގެންނަ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.