ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2020/14
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 27 ފެބުރުވަރީ 2020 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

  (IUL)10-C/10/2020/14:ނަންބަރު

 

އިޢުލާނު

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-310000

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް.3 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒު / ޕަބްލިކް ރިލޭޝަންސް ޔުނިޓު / ކ. މާލެ

މުސާރަ:

މަހަކު  4,465.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު  1,500.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00ރުފިޔާ
  2. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ އިދާރާތަކުންނާއި، ކައުންސިލްތަކުން އަދި ސަރުކާރުގެ އޮފީސްތަކުން އެގްޒެކެޓިވް ސެކްރެޓޭރިއަޓަށް އަންނަ ސިޓީތައް/ލިޔުންތައް ސެކްޝަން ހިންގަވަން ހުންނެވި ވެރިއަކު ޓާސްކު ފޮނުވުމުން ޖަވާބުދޭންޖެހޭ ލިޔުންތަކަށް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި ވެރިޔަކު ވިދާޅުވާ ގޮތެއްގެމަތިން ޖަވާބު ދިނުމާއި ފޮނުވަންޖެހޭ ސިޓީ/ލިޔުންތައް ލިޔެ ޤަވާއިދުން ފޮނުވުން
  2. އަމިއްލަ ފަރާތްތަކުން މިނިސްޓަރާއި، މިނިސްޓަރގެ ނައިބުން ފެށިގެންދަށުގެ ސިޔާސީ އެހެންބޭފުޅުންގެ އަރިހަށް ފޮނުވާ ސިޓީތަކުގެ ތެރެއިން އެގްޒެކެޓިވް ސެކްރެޓޭރިއަޓުން ޖަވާބުދޭންޖެހޭ ލިޔުންތަކަށް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި ވެރިޔަކު ޓާސްކުފޮނުވުމުން ލިޔެ ތައްޔާރުކޮށް އެފަދަ ލިޔުންތަކާ ގުޅިގެން އެކި އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތައް ޤަވާޢިދުން ފޮނުވުން.
  3. މިނިސްޓަރާއި މިނިސްޓަރުގެ ނައިބުން ފެށިގެން ދަށުގެ އެހެންބޭފުޅުން ރާއްޖެ ތެރެއަށާއި، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމްތައް ހަމަޖައްސައި، ދަތުރުތަކުގައި ބައިވެރިވާން ޖެހޭ ޙާލަތްތަކުގައި ބައިވެރިވެ، ދަތުރު ނިމުމުން ދަތުރު ޕްރޮގްރާމާއި ޚަރަދު ތަފްޞީލް ތައްޔާރުކޮށް ބަޖެޓާއި ހަވާލުކުރުން.
  4. މިނިސްޓަރ އޮފް ހޯމްއެފެއަޒާއި މިނިސްޓަރގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީވެރިން އަރިހަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން އެބޭފުޅުން ރިސީވް ކުރުމާއި، ސައިފޮދުގެ އިންތިޒާމް ހަމަޖެއްސުމާއި، ހަދިޔާ އަރުވަން ޖެހޭ ބޭފުޅުންނަށް ބޭނުންވާ ހަދިޔާ ހޯދާފައި ބެހެއްޓުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  5. މިނިސްޓަރާ މިނިސްޓަރުންގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީބޭފުޅުން ރާއްޖެ ތެރެއަށާއި، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމްތައް ހަމަޖައްސައި، ދަތުރުތަކުގައި ބައިވެރިވާން ޖެހޭ ޙާލަތްތަކުގައި ބައިވެރިވެ، ދަތުރު ނިމުމުން ދަތުރު ޕްރޮގްރާމާއި ޚަރަދު ތަފްޞީލް ތައްޔާރުކޮށް ބަޖެޓާއި ހަވާލުކުރުން.
  6. މިނިސްޓަރާ މިނިސްޓަރުންގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީވެރިން މިނިސްޓްރީ ތަމްޝީލް ކުރުމަށް ވަޑައިގަންނަވާ އެކިއެކި ބައްދަލުވުންތައް އެޑްމިނިސްޓްރޭޓިވް ޔުނިޓުން އެންގެވުމުން އެބައްދަލުވުމަކަށް ވަޑައިގަންނަވާ ބޭފުޅަކަށް ދަންނަވާ އެބައްދަލުވުމަކަށް އެބޭފުޅަކު ވަޑައިގަންނަވާތޯ ބެލުން. އަދި އެބައްދަލުވުމެއް ނިމުމުން އެބޭފުޅަކަށް ދަންނަވައިގެން ބައްދަލުވުމުގެ ބުރީފިންގ އެޑްމިނިސްޓްރޭޓިވް ޔުނިޓާ ޙަވާލުކުރުން
  7. މިނިސްޓަރުގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީ ބޭފުޅުގެ އެޕޮއިންޓުމަންޓުތައް ހަމަޖައްސާ އެފަރާތްތަކަށް އެންގުން. އަދި ބައްދަލުވުމުގެ ޔައުމިއްޔާލިޔެ ސެކްޝަންގެ ވެރިއަކަށް ދައްކައި ޤަވާޢިދުން ފައިލްކުރުން
  8. މިނިސްޓަރާ މިނިސްޓަރ ގެ ނައިބުންނާއި ސިޔާސީ އެހެންބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ސެކްޝަން ހިންގަވަން ހުރި ވެރިއަކަށް ދައްކައި ޕުރިންޓުނަގައި ސޮއި ކުރުވުމަށްފަހު ފައިލުކޮށް ބެލެހެއްޓުން.
  9. މިނިސްޓަރގެ ނައިބުންފެށިގެން ދަށުގެ ހުރިހާ ސިޔާސީބޭފުޅުން އޮފީހުގައި ނޫޅުއްވާ ވަގުތުތަކުގައި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނާއި ބައްދަލުކޮށް ސެކްޝަން ހިންގަވާ ވެރިޔެއްގެ މަޝްވަރާއާއިއެކު އެހީތެރިވެދެވެން ހުންނަ ކަންކަމުގައި އެހީތެރިވެދިނުން. އަދި ޔައުމިއްޔާ ލިޔަންޖެހޭ ބައްދަލުވުމެއް ނަމް ޔައުމިއްޔާލިޔެ ސެކްޝަން ހިންގަވަންހުރި ވެރިޔަކަށް ދައްކައި ޤަވާޢިދުން ފައިލްކުރުން.
  10. މިނިސްޓަރގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީ ވެރިންނަށް އަންނަ ލިޔުންތައް ކައުންޓަރުން ޙަވާލުވުމަށްފަހު އެބޭފުޅަކަށް ރައްދުކޮށް، އެބޭފުޅަކު ވިދާޅުވާ ގޮތަކަށް ޢަމަލުކުރުން.
  11. މިނިސްޓަރާއި، އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ފަރާތުން ބަލަހައްޓަވާ ސިޔާސީ ބޭފުޅުންގެ ބިޒްނަސް ކާޑް ތައްޔާރު ކުރުމާއި، ޕާސްޕޯޓް ހެއްދުމާއި، މިނިސްޓަރާއި، މިނިސްޓަރގެ އާއިލާގެ ބޭފުޅުންގެ ތެރެއިން ޤާނޫނުން އެޢިނާޔަތް އަރުވާފައިވާ ބޭފުޅުންގެ ހެލްތު އިންޝުއަރެންސްގެ އިންތިޒާމްތައް ހަމަޖެއްސުން.
  12. މިނިސްޓަރަށް އަންނަ ހުރިހާ ލިޔުންތަކެއް ކައުންޓަރުން ޙަވާލުކުރުމުން ސެކްޝަން ހިންގަވަން ހުރި ވެރިއެއްގެ އަރިހަށް ގެންދިއުން. އަދި އެހެން ސެކްޝަނަކާ ޙަވާލުކުރުމަށްދޭ ލިޔުންތައް ކައުންޓަރާ ޙަވާލުކުރުން.
  13. މިނިސްޓަރގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީ ވެރިންނަށް އަންނަ ލިޔުންތައް ކައުންޓަރުން ޙަވާލުވުމަށްފަހު އެބޭފުޅަކަށް ރައްދުކޮށް، އެބޭފުޅަކު ވިދާޅުވާ ގޮތަކަށް ޢަމަލުކުރުން.
  14. އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ އެކްޝަން ޕްލޭނާއި އެކްޝަން ޕްލޭން ޕްރޮގްރެސް ހަދާ ޕްލޭނިންގ ސެކްޝަނާ ހަވާލުކުރުން.
  15. ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ދުވަސްތަކާއި، އެހެނިހެން މުނާސަބަތުތަކުގެ ތެރެއިން މިނިސްޓަރ އަންގަވާ މުނާސަބަތުތަކަށް ތަޙުނިޔާ ކާޑު ޑިޒައިންކޮށް ފޮނުވުން.
  16. ސެކްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދީ އަދި ވެރިންނާއި މަޝްވަރާކޮށްގެން ޖަވާބުދޭންޖެހޭ މައްސަލަތަކުގައި ވެރިޔަކާއި މަޝްވަރާކޮށް ވިދާޅުވާގޮތެއްގެ މަތިން ވަގުތުން ޖަވާބުދިނުން.
  17. އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ފަރާތުން ބައިވެރިވާން ޖެހޭ ވޯރކްޗޮޕް/ ސެމިނަރ/ ޓެރެއިނިންގ ތަކުގައި ކަނޑައެޅޭ ގޮތެއްގެ މަތިން ބައިވެރިވުން.
  18. މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީ ކަންތައްތަކުގައާއި، ހުރިހާ މުވައްޒަފުން ޝާމިލްސެކްޝަނުގެ އެހެން މުވައްޒަފުންގެ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  19. މިނިސްޓަރސް ބިއުރޯގެ މުވައްޒަފަކު ނެތް ހާލަތެއްގައި ސެކްޝަނުގެ ވެރިއަކު ވިދާޅުވާގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތް ކުރުން ވާންޖެހޭ މިނިސްޓްރީގެ ރަސްމީ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ފެބްރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 މާރިޗު  10 އާއި 22 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި މިނިސްޓްރީގައި އަދި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސް "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

25 ޖުމާދަލްއާޚިރާ 1441

19 ފެބުރުވަރީ 2020