ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ތިރީގައިވާ 2 (ދޭއް) ޓްރެއިނިން ޕްރޮގްރާމް ފޯރުކޮށްދޭނެ ފަރާތްތައް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރ: 07 (IUL)94-Q/1/2020/އާއި ގުޅިގެން ދެވުނު މަޢުލޫމާތުގައި ހިމެނިފައިވާ ކަންތައްތައް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާތީ މި އިޢުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
1- "ކަސްޓަމަރ ކެއަރ" (މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހައި މުވައްޒަފުންނަށް ހިންގޭ ޕްރޮގްރާމްއެއް)
2- "ލީޑަރޝިޕް އެންޑް މެނޭޖްމަންޓް" (މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނަށް ޚާއްސަކޮށް ހިންގޭ ޕްރޮގްރާމްއެއް)
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 19 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 26 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.