ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 425-C1/1/2020/ 15
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 16 ފެބުރުވަރީ 2020 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މަސައްކަތު

މި މަޤާމަށް މުވައްޒަފުން ހޯދުމަށް ކުރެވުނު ނަންބަރު: IUL) 425-C1/1/2019/129)ކ(29 ޑިސެމްބަރ 2019) އިއުލާނާ ގުޅިގެން، މަޤާމަށް އެކަށީގެންވާ ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޝަތު ހުޅުވާލަމެވެ.

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

10

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / މާލޭގައި އަލަށް ތަރައްޤީކުރެވެމުންދާ ޕާރކް (ލޮނުޒިޔާރަތްކޮޅު)

މުސާރަ:

3470.00

ސަރވިސް އެލެވަންސް:

1000.00

އެހެނިހެން އެލަވަންސް:

  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ
  • ސަޕޯޓިންގ ކޯރ އެލަވަންސް: މަހަކު -/1200

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕާކުތަކު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން
  2. ޕާކުގައި ގަސްއިންދައި ބެލެހެއްޓުން
  3. ޕާކުގައި ހުންނަ ގަސްތަކުގެ ދިގުވާ ގޮފިތައް ކޮށައި ބެލެހެއްޓުން
  4. ޕާކުގައި ހުންނަ ގަސްތަކަށް ފެންދީ ބެލެހެއްޓުން
  5. ޕާކުގައި ހުންނަ ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ގަހަށް ދޭންޖެހޭ ބޭސްޖެހުން
  6. ޕާކްގައިވާ ތަކެއްޗަށް ގެއްލުމެއް ލިބުމުން ވެރިޔާއަށް އަންގައި އަދި ވެރިޔާގެ މަޝްވަރާގެ މަތީން އެކަންތައް ހައްލުކުރުމަށް މަސައްކަތް ކުރުން
  7. ޕާކްތަކުގައިވާ ޗެންޗޭނު، ގޮނޑި، ބެންޗު، އުނދޯލި، ޖޯލިފަތި ފޮޅާ ސާފުކުރުން  
  8. އެހެނިހެން މަސައްކަތްތައް

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން އެނގުން

ނުވަތަ

   2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމް، މި ފޯމް މި އިދާރާގެ މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ދުޅަހެޔޮ ސިއްޚަތެއްގައި ހުރި މީހަކު ކަމުގައިވުން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ފެބްރުއަރީ 2020 ގެ 13:00 ގެ ކުރިން، މާލޭ ސިޓީ ކައުންސިލްގެ އިދާރާ މައްޗަންގޮޅީ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 ފެބްރުއަރީ 2020 އާއި 27 ފެބްރުއަރީ 2020 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                                15 ޖުމާދަލްއާޚިރާ 1441

09 ފެބުރުވަރީ 2020