ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2014
ޕަބްލިޝްކުރި ގަޑި: 17:55
މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ
ދިވެހިރާއްޖެ
މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީކުރުމުގެ ކުރިން ފެންވަރުބެލުމުގެ ގޮތުންދެވޭ އިމްތިހަނާ ބެހޭ

28 އެޕްރީލް 2014 އިން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރައްވާ ފާމަސިސްޓުންނަށާއި، މެޑިކަލް ލެބޯޓަރީ ޓެކްނޮލޮޖިސްޓުންނަށާއި އަދި ކޮމިއުނިޓީ / ޕުރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރުބެލުމުގެ ގޮތުންދެވޭ އިމްތިހާނެއް މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސުން ފަށްޓަވާނެކަމުގައި ދަންނަވަމެވެ.

ވީމާ، އަލަށް ރަޖިސްޓަރީކުރާފަރާތްތަކަށް ރަޖިސްޓްރޭޝަން ދެވޭނީ މި އިމްތިހާނުން ފާސްވެގެންކަން އަންގައި އިއުލާންކުރީމެވެ.                                                           

30 ޖުމާދަލްއޫލާ 1435       

31 މާރިޗު 2014