ދެންނެވުން
ނަންބަރު: 198-F/2020/34
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 24 ފެބުރުވަރީ 2020 14:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމާގުޅޭ

"އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020" ގެ ކެންޑިޑޭޓުންގެ ގޮތުގައި އަދި "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020" ގެ ކެންޑިޑޭޓުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ދަށުކޯޓުތަކުން ސާފުކުރައްވަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުން، 05 ފެބުރުވަރީ 2020 އިން ފެށިގެން ތިރީގައި މި ދަންނަވާ ގޮތުގެމަތީން މި ޑިޕާޓްމަންޓުގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

  • އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް: ހެނދުނު 08:00 އިން ހަވީރު 16:30 އަށް
  • ހުކުރު ދުވަސް: މެންދުރު 14:30 އިން ހަވީރު 17:00 އަށް
  • ހޮނިހިރު ދުވަސް: ހެނދުނު 10:00 އިން ހަވީރު 16:30 އަށް

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.

05 ފެބުރުވަރީ 2020