މަސައްކަތް
ނަންބަރު: 198-F/2020/31
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 11 ފެބުރުވަރީ 2020 10:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގައި ބިނާކުރާ ޢިމާރާތުގެ ބިންގާ އެޅުމުގެ ބާއްވާ ޙާއްޞަ ރަސްމިއްޔާތު ރިފްރެޝްމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

ސިވިލް ކޯޓު، ފެމެލީ ކޯޓު އަދި ޖުވެނައިލް ކޯޓު ހިންގުމަށް ހުޅުމާލޭގައި ބިނާކުރާ ޢިމާރާތުގެ ބިންގާ އެޅުމުގެ ބާއްވާ ޙާއްޞަ ރަސްމިއްޔާތު 2020 ފެބްރުއަރީ 20 ވަނަ ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ރަސްމިއްޔާތުގެ ރިފްރެޝްމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ، ޕްރޮކިއުމަންޓް ނޯޓިސްބައިގެ އިޢުލާނާއި މަޢުލޫމާތު ޝީޓުގެ ބައިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ފެބްރުއަރީ 09 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ފެބްރުއަރީ 11 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށްހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖުމާދިލްއާޚިރާ 1441

05 ފެބުރުވަރީ 2020