ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)262/262/2020/07
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 18 ފެބުރުވަރީ 2020 14:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
52 އާއިލާއަށް ބަދަލު ފައިސާ ހަވާލުކުރުމާއި ގުޅޭ

އިޢުލާން

 

                  އެއްފަސްކުރުމުގެ ސިޔާސަތުގެދަށުން 2011 ވަނަ އަހަރު ހދ.ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ، ހދ.ކުނބުރުދޫ، ހދ.މާވައިދޫ، ހދ.ފަރިދޫ އާއިލާތަކުގެ ތެރެއިން މިހާތަނަށް ދާއިމީ ބޯހިޔާވަހިކަން ލިބިފައިނުވާ އާއިލާތަކަށް ސަރުކާރުން ދެއްވާ ފައިސާގެ އެހީގެ ދެވަނަ ބުރުގެ ފައިސާ މިއިދާރާގެ އެކައުންޓަށް ޖަމާކޮށްދެއްވާފައިވާތީ، އެފަރާތްތަކަށް ފައިސާ ހަވާލުކުރުމުގެ ގޮތުން، ފައިސާލިބޭ ފަރާތްތަކުން އެފަރާތުގެ އައިޑީ ކާޑު ކޮޕީ، ބޭންކް އެކައުންޓު ނަމްބަރު އެނގޭނެފަދަ ލިޔުމެއް (ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރިކަމުގެ ސްލިޕް) އާއި އެކު، 18 ފެބުރުއަރީ 2020 އަންގާރަ ދުވަހުގެ 14:00 ގެކުރިން، ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ގޭގެ ވެރިފަރާތް ނިޔާވެފައިވާ ގޭގެ ވާރިޘުން ފުރަތަމަ ބުރުގެ ފައިސާ ހޯދުމަށް ކޯޓް މެދުވެރިކޮށް ހުށަހަޅާފައިވާ ޝަރީޢަތުގެ، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓްގެ ކޮޕީ، (ކޮންމެ ވަރިޘަކު ހުށަހަޅަންވާނީ ވަކިވަކިން) އެވާރިޘުންގެ ބޭންކްއެކައުންޓް އެނގޭނެ ސްލިޕާއި، އައިޑީކާޑުގެ ކޮޕީއާއި އެކު މަތީގައިވާ ތާރީޚުގެ ކުރިން ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

ދެވަނަބުރުގައި ފޮނުވާފައިވަނީ އާއިލާއަކަށް -/3000 ރުފިޔާއެވެ.

                  މިހެންވެމިކަން އާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

                  11 ޖުމާދަލް އާޚިރަތު 1441

                  05   ފެބުރުއަރީ   2020

05 ފެބުރުވަރީ 2020