މަޤާމް
|
ބިޒްނަސް ޑިވެލޮޕްމެންޓް ކޯޑިނޭޓަރ
|
އަސާސީ މުސާރަ
|
-/10,500ރުފިޔާ
|
އެލަވަންސްތައް:
|
-/7,000ރުފިޔާ
|
މަޤާމުގެ ރޭންކް
|
އީ އެކްސް 4
|
ބޭނުންވާ ޢަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަގާމުގެ މަސްއޫލިއްޔަތާ ގުޅޭ ޑިގްރީއެއް އޮތުމާއެކު، 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަންގެ އިސްމަގާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އެމްއެމްއައިގެ ކޯސްތަކާއި ހިދުމަތްތައް ވިއްކުމަށް ބޭނުންވާ ހުނަރުތައް ދެނެގަނެ، ތަފާތު ވަސީލަތްތަކާއި އާލާތްތައް ބޭނުންކޮށްގެން ވިޔަފާރި ފުޅާކުރުން.
- ބޭރުގެ އިންސްޓިޓިއުޓްތަކާ ރާއްޖޭގެ އިންސްޓިޓއުޓަކާ ގުޅުން ބަދަހިކުރުމަށް ކުރަންޖެހޭ ކަންކަން ރާވާ ހިންގުންމާއި އެފަދަ ފަރާތްތަކާ އެކު ހެދޭ އެއްބަސްވުންތައް އެކުލަވާލުމުގައި އެހީތެރިވެދިނުން،
- ކްލައިންޓުން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމާއެކު ދަރިވަރުންނާއި ބެލެނިވެރިން އަދި ސްޕޮންސަރުންނާ ގުޅުން ބަދަހިކޮށް އެފަރާތްތަކުގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން،
ބޭރުގެ އިންސްޓިޓުއުޓް ތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ކުރާ އެންމެހާ މުއާމަލާތްތައް ބަލަހައްޓާ ކުރިއަށް ގެންދިއުން،
- އެމްއެމްއައި އާއި އެމްއެމްއައި އިން ހިންގާ ކޯސްތައް ބްރޭންޑްކޮށް، އެކޯސްތައް ވިއްކުމަށްކުރަންޖެހޭ މާކެޓިން މަސައްކަތްތައް ހިންގާ ވިލަރެސްކުރުން،
- އެމްއެމްއައިގެ ބިޒްނަސް ޕްލޭން އެކުލަވާލުން ،
- މީގެ އިތުރުން މަތީތަޢުލީމާއި ތަމްރީން އަދި ތަޖްރިބާ ލިބިލައްވާފައިދާއިރާއިން، މީހުން ތަމްރީނު ކުރުމަށްޓަކާ ކޯސްތަކުގެ ކޮންޓެންޓް އެކުލަވާލުމަށް ކަރިކިއުލަމް ޓީމަށް އެހީތެރިވެދިނުން،
- އެމްއެމްއައިގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާއަށް ލާ ކޮންޓެންޓް ބަލާ ޗެކްކޮށް އެޕްރޫވް ކުރުމާއި، އެކަމުގައި ދޭންޖެހޭ އެހީތެރިކަން ދިނުން،
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ޕޮލިސް ރިޕޯރޓް
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2020 ފެބުރުވަރީ 05 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. މި އިއްލާނަކީ ޕީ އެސް އެމްގެ (IUL)PSM-HR/PSM/2020/04 ނަންބަރ އިޢްލާނަށް މުއްދަތު އިތުރުކޮށް ކޮށްފައިވާ އިއްލާނެކެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.
|