ދިވެހިރާއްޖެ
| 
 ބ.ތުޅާދޫ ޞިއްޙީމަރުކަޒުގެ ކޮމިއުނިޓީ ހެލްތް އޮފިސަރ ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.  | 
|
| 
 މަޤާމު  | 
 ކޮމިއުނިޓީ ހެލްތް އޮފިސަރ  | 
| 
 މަޤާމުގެ ނަންބަރު  | 
 J-320204  | 
| 
 ބޭނުންވާ އަދަދު  | 
 01 (އެކެއް)  | 
| 
 މަޤާމުގެ ގިންތި  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް  | 
 އެމް. އެސް. 1  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން  | 
 ބ. ތުޅާދޫ ޞިއްޙީމަރުކަޒު  | 
| 
 މުސާރަ  | 
 -/5610ރ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)  | 
| 
 ސަރވިސް އެލަވަންސް  | 
 -/2500ރ (ދެހާސް ރުފިޔާ)  | 
| 
 އެހެނިހެން އެލަވަންސް:  | 
 - ސަޕޯޓިންގް ކޯ އެލަވަންސް (މަހަކު -/700 ރުފިޔާ) - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންއިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 މައިގަނޑު މަސައްކަތްތައް 
  | 
| 
 މަޤާމުގެ ޝަރުތުތައް  | 
 މަގާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮގަކުން ދިވެހިރާއްޖެގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން  | 
| 
 ތަޢުލީމީ ރޮނގުތައް  | 
 ކޮމިއުނިޓީ ހެލްތް، ޕްރައިމަރީ ހެލްތް ކެއަރ، ޕަބްލިކް ހެލްތް  | 
| 
 ގުޅޭ ވަޒީފާގެ ދާއިރާ  | 
 ހެލްތް ސަރވިސް  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 1- ތަޢުލީމާއި ތަމްރީން (ލިބިފައިވާ ތަޢުލީމް، މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެތަމްރީނަށްބަލައިގެން. 2- މަސައްކަތުގެ ތަޖުރިބާ ( މަގާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ތަޖުރިބާ ބަލައިގެން.) 3- ލިބިފައިވާ ހުނަރު ( އިންޓަރވިއު / ޕްރެކްޓިކަލްސް ) * ނޯޓް: މަގާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުންލިބުނު ޕްއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. * ކަނޑައަޅާފައިވާ ޤަވާއިދުތަކާއިއުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ހެލްތްގެވެބްސައިޓުން(www.health.gov.mv) ލިބެން ހުންނާނެއެވެ. 
  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހު13.00 ގެ ކުރިން، ބ. ތުޅާދޫ ޞިއްޙީމަރުކަޒު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،04 ފެބްރުއަރީ 2020 އާއި 13 ފެބްރުއަރީ 2020 އާ ދެމެދު، ބ. ތުޅާދޫ ޞިއްޙީމަރުކަޒުގައެވެ.  | 
| 
 ޝޯޓް ލިސްޓް ކުރުން  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ބ. ތުޅާދޫ ޞިއްޙީމަރުކަޒުގެ 6600117 ނަންބަރު ފޯނާއެވެ. އީ-މެއިލް އެޑްރެހަކީ [email protected]އަށެވެ.  |